އެންމެ ފުރަތަމަ ވެސް އެންމެފަހުން ވެސް ތިބާ ފެންވަރުވަނީ ތިބާގެ އެއްވެސް ބާރެއް ނެތިއިރު، ދެމެދުގަ ޖައްބާރުކަން ދައްކަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
އެންމެ ފުރަތަމަ ވެސް އެންމެފަހުން ވެސް ތިބާ ފެންވަރުވަނީ ތިބާގެ އެއްވެސް ބާރެއް ނެތިއިރު، ދެމެދުގަ ޖައްބާރުކަން ދައްކަނީ ކީއްވެ؟

އެންމެ ފުރަތަމަ ތިބާ ފެންވަރުވަނީ (އުފަންވުމުން) ތިބާގެ އެއްވެސް ބާރެއް ނެތި އެހެން މީހެކެވެ. އެންމެފަހުން (މަރުވުމުން) ތިބާ ފެންވަރުވާނީވެސް ތިބާގެ އެއްވެސް ބާރެއް ނެތި އެހެން ބައެކެވެ. ހަމައެކަނި މިކަމަށް ވިސްނައިލި ނަމަވެސް ތިމާއަކީ އަމިއްލަ އެއްވެސް ބާރެއް ލިބިގެންވާ މީހެއް ނޫންކަން އެނގިގެންދާނެއެވެ! 

އަދި ކީއްހެއްޔެވެ؟ ފުރަތަމަ ފެންވަރުވާއިރު ތިބާއަށް ޙަރަކާތްކޮށް ރުއިމުގެ ބާރު ދެއްވަވާފައިވެއެވެ. މަރުވުމުން ހިނަވާއިރު އެންމެ ކުޑަމިނުން ޙަރަކާތްކޮށްލުމުގެ ބާރުވެސް ނުލިބެއެވެ. އެހެންކަމުން ސުވާލަކީ އެ ދެމެދުގައި ތިބާ ޖައްބާރުކަން ދައްކަނީ ކީއްވެގެން ހެއްޔެވެ؟ 

އެއްވެސް ބާރެއް ނެތް ގިތްގޮތުގައި ދުނިޔެއަށް އުފަންވެ ބޮޑުވެ ބާރުތައް ލިބުމުން ތިމާއަށް ނިޢްމަތްތައް ދެއްވެވި ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލު ނުކުރާނަމަ އެމީހަކީ ކޮން ފަދަ ބޮޑު ޖާހިލެއް ހެއްޔެވެ؟ ޚާއްޞަކޮށް އެޖާހިލުކަންމަތީގައި މަރުވެއްޖެ ނަމަ ދާންޖެހޭނީ ނަރަކައަށްކަން އެނގޭއިރުވެސް މެއެވެ. 

މީސްތަކުންނޭވެ! ކޮންމެ ކަމެއްވެސް ވިސްނޭނީ އެކަމަކާއިމެދު ވިސްނައި ފިކުރުކުރުމުންނެވެ. ވީމާ ދުނިޔޭގައި ހޭދަކޮށްލަން މިލިބޭ ކުރު މުއްދަތުގައި މިފަދަ ކަންކަމަށް ވިސްނައި ފިކުރުކުރާށެވެ! އެއިރުން ތިމާއަކީ އެއްވެސް ބާރެއް ނެތް މީހެއްކަން އެނގިގެންދާނެއެވެ. ތިމާގެ ނިކަމެތިކަން އިޙްޞާޞް ކުރެވޭނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން