އޮސްޓްރޭލިއާގެ ޖައްވުގައި އުފެދިފައިވާ ބައެއް ވިލާގަނޑުތައް ފެނުމުން ނަރަކަ އިޙްޞާޞް ކުރެވުނު!: ފަސިންޖަރެއް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
އޮސްޓްރޭލިއާގެ ޖައްވުގައި އުފެދިފައިވާ ބައެއް ވިލާގަނޑުތައް ފެނުމުން ނަރަކަ އިޙްޞާޞް ކުރެވުނު!: ފަސިންޖަރެއް

އޮސްޓްރޭލިއާގެ ޖައްވުގައި އުފެދިފައިވާ ބައެއް ވިލާގަނޑުތައް ފެނުމުން ނަރަކަ އިޙްޞާޞް ކުރެވުނު ކަމަށް ފަސިންޖަރަކު ބުނެފިއެވެ. މެލިބަނުން ކެންބަރާއަށް ދަތުރުކުރި ފްލައިޓެއްގެ ފަސިންޖަރަކު ބުނީ ވިލާތައް ފެންނަނީ އޮޅެމުން އުތުރިއަރަމުންދާ އަލިފާނުގެ ގޮތުގައި ކަމަށެވެ.

އޮސްޓްރޭލިއާގެ ބައެއް ސަރަހައްދުތަކުގެ މަތިން އުދުހުން ވަނީ ބިރުވެރިކަމަކަށްވެފައެވެ. ކުއްލި ކުއްލިއަށް ހޫނު ގަދަ ވިލާގަނޑުތަކާއި ދަނީ ކުރިމަތިވަމުންނެވެ.

ފަހުޒަމާނުގެ މުޞީބާތްތަކަށް "ކްލައިމެޓް ޗޭންޖް" ކިޔައި ނަން ބަދަލުކުރުމަކުން ޙަޤީޤަތް ބަދަލެއް ނުވާނެއެވެ. އަލިފާން ފަރުބަދަތައް ގޮވުން ގިނަވުމާއި، ބިންހެލުން ގިނަވުމާއި ހަނގުރާމަތައް ކުރުން ގިނަވުމާއި ބޮޑެތި ހުޅުތައް ރޯވެ އަލިފާނުގެ ހާދިސާތައް ހިނގުން ގިނަވުމާއި މީހުން މެރުން ޢާންމުކަމަކަށް ވުން ފަދަ ކަންކަމަކީ ފަހުޒަމާނުގެ ޢަލާމާތްތަކެވެ.

މިފަދަ ކޮންމެ މުޞީބާތަކީ ﷲ ތަޢާލާ ދެއްވަވާ އިންޒާރެވެ! ޢަމަލުތައް އިޞްލާޙްކޮށް ތައުބާވުމަށެވެ. ކްލައިމެޓް ޗޭންޖާއި އެހެންވެސް ތަފާތު ނަންތައް ކިޔަމުން ގެންދަނީ މިކަންކަމުގެ ޙަޤީޤަތް އޮޅުވައިލުމަށެވެ. މިކަންކަމަށް ފިކުރުކުރާ މީހުންގެ ވިސްނުން ﷲ ތަޢާލާގެ ވަޙީ ބަސްފުޅުތަކާއި ދުރުކުރުވުމަށެވެ. މި ހުރިހާ ކަންކަން މިގޮތަށް ހިނގާނެކަން ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުތަކުން އޮތީ އެނގޭށެވެ.

ދުނިޔޭގެ ޢިލްމުވެރިންނަށާއި ސައިންސްވެރިންނަށް މިކަންކަން ވަރަށް ރަނގަޅަށް އެނގެއެވެ. ޤަބޫލުވެސް ކުރެއެވެ. އެއިގެ ތެރެއިން ބިރުކަނޑާލަން ކެރޭ މީހުން ދަނީ އިސްލާމްވަމުންނެވެ.

މިއަދު އޮންލައިން