އިސްލާމީ މުޅި އުންމަތަށް ބެލި ނަމަވެސް އެންމެ ބޮޑު ބަލިފައަކީ ބަލިވީމާ ބަލިމީހާ ދޫކޮށްލެވޭކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
އިސްލާމީ މުޅި އުންމަތަށް ބެލި ނަމަވެސް އެންމެ ބޮޑު ބަލިފައަކީ ބަލިވީމާ ބަލިމީހާ ދޫކޮށްލެވޭކަން!

އިސްލާމީ މުޅި އުންމަތަށް ބެލިނަމަވެސް އެންމެ ބޮޑު ބަލިފައިގެ ގޮތުގައި ފެނިގެން މިދަނީ ބަލިވީމާ ބަލިމީހާ ދޫކޮށްލެވޭތަނެވެ. ބޮޑެތި ޤައުމުތަކުން ފެށިގެން ކުދި ޤައުމުތަކަށް، ބޮޑެތި މުޖުތަމައުތަކުން ފެށިގެން ކުދިކުދި މުޖުތަމައުތަކަށް، ރައްޔިތުންނާއި ހަމައިން ފެށިގެން ޢާއިލާތަކަށް ބެލި ނަމަވެސް ފެންނަމުން މިދަނީ ހަމަ އެ މަންޒަރެވެ. 

އުމުރުން ދުވަސްވުމުންނާއި ބަލިވުން ނުވަތަ ނުކުޅެދުންތެރިކަމެއް ކުރިމަތިވުމުން "ނަރސިން ހޯމް"ތައް ފަދަ ތަންތަނަށް މީހާ ލައި އެހިސާބުން އެކަން ނިންމައިލުމަކީ ހުޅަނގުގެ އާދައެކެވެ. ނަމަވެސް މިއަދު މުސްލިމުންގެ ތެރެއިންވެސް ގިނަ ބައަކަށް މިކަންކަން ކުރެވެނީ ހަމަ އެފަދަ ގޮތަކަށެވެ. 

މީގެ އިތުރުން މުޞީބާތުގެ ވަގުތުތަކުގައި ދޭންޖެހޭ ސަމާލުކަން ދެވިފައި އޮންނަނީ ވަރަށް މަދުފަހަރަކުއެވެ. މުޞީބާތުގައި ތިބޭ މީހުން އެމީހުންގެ ޙާލުގެ ވާހަކަ ހާމަކުރުމުން ޖަވާބުގައި "މޭ ﷲ ބްލެސް ޔޫ!" ބުނެލުމުން ބަލަނީ އެއޮތީ ފުދިފައި ކަމަށެވެ. މީހަކު ބަލިވެ ނުވަތަ ނިކަމެތި ޙާލަތެއް މެދުވެރިވެއްޖެ ނަމަ ވެސް ސޯޝަލް މީޑިއާގައި ހެޔޮ ދުޢާއެއް ކުރުމަށްފަހު ފުއްދައިލުން މިއޮތީ ޢާންމު ކަމަކަށްވެފައެވެ. 

މީސްތަކުންނޭވެ! އެގޮތަށް އެކަން ކޮށްލުމަކުން މި ބަޔާންކުރާ ޙަދީޘްފުޅަށް ޢަމަލުކުރެވުނު ކަމަކަށް ނުވާނެއެވެ. މި ޙަދީޘްފުޅަށް ޢަމަލުކުރެވުނުކަމަށްވާނީ އަޚާއަށް ނުވަތަ އަޚުންނަށް ކުރިމަތިވި މުޞީބާތަކީ ހަމަ ތިމާއަށްވެސް ކުރިމަތިވި މުޞީބާތެއް ކަމަށް ބަލައި އެކަމަކާއި ގުޅިގެން ތިމާއަށް ކޮށްދެވެން އޮތް ކަމެއް ކޮށްދިނުމުންނެވެ. ފޯރުކޮށްދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމުންނެވެ. ޒިޔާރަތްކޮށް ޙާލު ބަލައި ހިތްވަރުދީ ހެޔޮދުޢާކޮށް ހެދުމުންނެވެ.

މިޙަދީޘްފުޅުން އެނގިގެންދަނީ މުސްލިމުންނަކީ އެއް ބައެއް ކަމެއް ކަމެވެ. އެކަކަށް ވޭނެއް އަޅާނަމަ ނުވަތަ ދަތި އުނދަގުލެއް ފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ އެއީ އެންމެންނަށް ކުރިމަތިވި ކަމެއް ކަމަށް ބަލައި އެމުޞީބާތަކުން އެމީހަކު ސަލާމަތްކުރަން އެންމެންވެސް މަސައްކަތް ކުރަން ޖެހޭނެ ކަމެވެ. އެހީތެރިވެދޭން ޖެހޭނެ ކަމެވެ. އެ ރޫޙުގައި މުސްލިމުން މަސައްކަތްކުރަން ފަށައިފިނަމަ މުސްލިމުންނަށްވުރެ އުފަލުގައި ދުނިޔޭގައި އުޅޭނެ އެއްވެސް ބައަކު ނުވެއެވެ.

މިއަދު އޮންލައިން