ﷲ ގެ ރަޙްމަތާއި މަދަދަށް އެދޭ މީހާ ތާއަބަދު ކުރަން ޖެހޭ 5 ކަމެއް ވެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ﷲ ގެ ރަޙްމަތާއި މަދަދަށް އެދޭ މީހާ ތާއަބަދު ކުރަން ޖެހޭ 5 ކަމެއް ވެއެވެ!

ﷲ ގެ ރަޙްމަތާއި މަދަދަށް އެދޭ މީހާ ތާއަބަދުމެ ކުރަންޖެހޭ 5 ކަމެއް ވެއެވެ. އެއީ: 

1 ނިޢްމަތެއް މިނަވަރުކުރައްވަވައިފިނަމަ ﷲ ތަޢާލާއަށް ޙަމްދުކުރުމާއި 2 ކަމަކަށް ދަތިވެއްޖެ ނަމަ ﷲ ތަޢާލާއަށް ދުޢާ ކުރުމާއި، 3 ދަތިކަމެއް ކުރިމަތިވެއްޖެ ނަމަ އެކަމަކުން ސަލާމަތް ކުރައްވަވާނެ ކަމަށް ޔަޤީންކޮށް ﷲ ތަޢާލާއަށް ފުރިހަމައަށް އިތުބާރުކުރުމާއި 4 ﷲ ތަޢާލާއަށް ޝުކުރުވެރިވުންމަތީގައި ދެމިތިބުމާއި 5 ގިނަގިނައިން أستغفر الله ކިޔައި ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދެންނެވުމެވެ. 

އެމީހާގެ ހިސާބު ކުރުން އެންމެ ރަނގަޅީ އެމީހަކު އަމިއްލައަށެވެ. ވީމާ ކޮންމެ މީހަކު ތަނެއްގައި ހަމަޖެހިލައިގެން އިށީނދެ އިނދެ މިކަންކަން އެމީހަކަށް ކުރެވޭ މިންވަރާއިމެދު ވިސްނައި ސުވާލުކޮށެވެ! ކޮންމެ ކަމަކީ 20 މާރކްސް ކަމަށް ބަލައިގެން އެމީހާއަށް ލިބެނީ ކިތައް މާކްސްކަން ނިކަން އަމިއްލައަށް ބަލައިލާށެވެ! 

މީސްތަކުންނޭވެ! މީހެއްގެ ކިބައިން ނަމަވެސް ތިމާއަށް ހެޔޮކަމެއް ލިބިއްޖެނަމަ، މެދުވެރިވެއްޖެ ނަމަ އޭނާއަށް ޝުކުރު އަދާކުރުމުގެ ކުރިން ٱلْحَمْدُ لِلّٰهِ‎ ކިޔައި ﷲ ތަޢާލާއަށް ޙަމްދުކުރާށެވެ! އެހެނީ އޭނާ މެދުވެރިކުރައްވަވައި އެ ނިޢްމަތް ތިބާއާއި ހަމައަށް ފޯރުކޮށްދެއްވެވީ ﷲ ތަޢާލާ އެވެ. ދުނިޔޭގައި ތިބި އެންމެންގެ ތެރެއިން ތިބާއަށް އެ އެހީތެރިކަން ފޯރުކޮށްދޭން އޭނާގެ ހިތަށް ވައްދަވައި ދެއްވެވީ ހަމަ ﷲ ތަޢާލާއެވެ. 

މިކަން މިހާރު ވަނީ ވަރަށް ބޮޑަށް އޮޅިފައެވެ. ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ އެއީ އެމީހާ ކޮށްދިން ކަމެއް ކަމަށެވެ. ނަމަވެސް އެއީ ހަަމަ މުޅިން ކުށް ހީއެކެވެ. ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތަކުން އެއްވެސް މީހަކަށް އެއްވެސް ނިޢްމަތެއް ލިބުމެއް ނުވެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން