މަރުވުމުން އަގުވަޒަންކުރާ ބައަކަށްވެގެން ކުރާނެ ފައިދާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
މަރުވުމުން އަގުވަޒަންކުރާ ބައަކަށްވެގެން ކުރާނެ ފައިދާއެއް ނެތް!

ގިނަ ބައަކަށް މީހުންގެ އަގު ވަޒަންކުރެވެނީ އެމީހަކު ވަކިވެދިއުމުންނެވެ. އެމީހަކާއި އޮންނަ ގުޅުންތައް ކެނޑުމުންނެވެ. ނުވަތަ އެމީހަކު މަރުވެދިއުމުންނެވެ. މިއީ މުޖުތަމައުގައި ހިފާފައިވާ ވަރަށް ނުބައި އާދައެކެވެ. ވަރަށް ގެއްލުން ބޮޑު އާދައެކެވެ. 

މިޘަޤާފަތު ބަދަލުވާނީ މީހުން ކުރާ ހެޔޮ އަމަލުތައް ފާހަގަކޮށް އެކަންކަމުގެ އަގުވަޒަންކުރަން އެނގޭ ބައަކަށްވެގެންނެވެ. ހަމައެއާއިއެކު ކޮންމެ މީހަކު ނަމަމަވެސް ހެޔޮ ކަމެއް ކޮށްފިނަމަ އެކަމެއް ބަލައިގަންނަން އެނގޭ، ޝުކުރުވެރިވާ ބައަކަށް ވެގެންނެވެ. 

މީގެ އިތުރުން އެއްވެސް މީހަކީ ހުރިހާ ހެޔޮކަމެއް ކުރެވޭނެ މީހެއް ނޫނެވެ. މާނައަކީ މުޖުތަމައުއަށް ބޭނުންވާ ހުރިހާ ކަންކަމަކީ އެއްވެސް މީހަކަށް އެކަނި ކޮށްދެވޭނެ ކަންކަމެއް ނޫނެވެ. ވީމާ ތިމާއަކީ ވެސް މުޖުތަމައުއަށް ޚިދުމަތްކުރާ މީހެއް ނަމަވެސް އެހެން މީހުންނަށްވެސް ޚިދުމަތް ކުރަން ހިތްވަރުދޭށެވެ! ތިމާއަކީ އެފަދަ އެއްވެސް ޚިދުމަތެއް ނުކުރެވޭ މީހަކު ނަމަ އެންމެން ކުރާ ޚިދުމަތަށް ހިތްވަރު ދިނުމުގައި އެންމެ ކުރީ ސަފުގައި ހުންނާށެވެ! އެއީ ވެސް ހަމަ މަތިވެރި ޚިދުމަތެކެވެ! 

 

މިއަދު އޮންލައިން