ދެ ޤައުމަށް ފައިދާހުރި ކޮންމެ ކަމެއްގަ ވެސް ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ދެ ޤައުމަށް ފައިދާހުރި ކޮންމެ ކަމެއްގަ ވެސް ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ!

ދެ ޤައުމަށް ފައިދާހުރި ކޮންމެ ކަމެއްގައިވެސް ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން އަނެއްކާވެސް ޗައިނާއިން ދީފިއެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ބައްދަލުކުރެއްވެވުމަށްފަހު ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޒާނަގ ލިޒޯންގ ވިދާޅުވީ ހުރިހާ ދާއިރާތަކުންވެސް ރާއްޖެއާއިއެކު ގުޅުން ބަދަހިކުރަން އަބަދުވެސް ޗައިނާ އޮންނާނީ ތައްޔާރަށް ކަމަށެވެ. 

ވިޔަފާރީގެ ގުޅުމުގެ އިތުރުން މީހުން ބިނާކުރުމާކުރުމާއި ދެ ޤައުމުގެ ރައްޔިތުންނަށް އެކަމުން ފައިދާކުރާނެ ކޮންމެ ކަމެއްގައިވެސް ޗައިނާއިން އަބަދުވެސް އެހީތެރިވެދެމުން ގެންދާނެ ކަމަށް ވެސް ސަފީރު ވަނީ ވިދާޅުވެފައެވެ. 

ރާއްޖެއަކީ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ޢުމްރާނީ ތަރައްޤީއަށް އެންމެ ބޮޑަށް އެހީތެރިވަމުން އަންނަ އެއް ޤައުމެވެ. ޗައިނާ އާއިމެދު އެންމެ ބޮޑަށް ފާހަގަކުރަން ޖެހޭ އެއް ކަމަކީ ޗައިނާއިން އެއްވެސް އިރެއްގައި ރާއްޖޭގެ ކަންކަމާއި ނުބެހޭ ކަމާއި ރާއްޖޭގެމައްޗަށް އަތްގަދަކުރަން މަސައްކަތް ނުކުރާ ކަމެވެ.

މިއަދު އޮންލައިން