މީހުން ގޯސްކޮށް، ރަނގަޅުކުރާއިރު ވެސް ވިސްނަން ޖެހޭނެ ބައެއް ކަންކަން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
މީހުން ގޯސްކޮށް، ރަނގަޅުކުރާއިރު ވެސް ވިސްނަން ޖެހޭނެ ބައެއް ކަންކަން

"ކޮންމެ މީހެއްގެވެސް ހާމަ ނުކުރާ ސިއްރުތަކެއް ހުންނާނެއެވެ! މޮންމެ މީހަކަށް ވެސް އެހެން އެއްވެސް މީހަކަށް ނުއެނގޭ އެތައް ކަންތައްތަކެއް ކުރެވިފައިވާނެއެވެ. ކޮންމެ މީހެއްގެ ކިބައިގައިވެސް އެހެން މީހުންނަށް ނުއެނގޭ ހުނަރުތަކެއްވެސް ހުންނާނެއެވެ. ކޮންމެ މީހެއްގެ ކިބައިގައިވެސް ފޮރުވައިގެން ގެންގުޅޭ ބަލިކަށި ސިފަތަކެއް ހުންނާނެއެވެ. އަދި ކޮންމެ މީހަކުވެސް އެހެން އެއްވެސް މީހަކަށް ކިޔައި ނުދޭ އެމީހާގެ ޙަޔާތުގެ ވާހަކަތަކެއްވެސް ހުންނާނެއެވެ." 

މިކަންކަން ޤަބޫލުކުރާށެވެ! އެއްވެސް މީހެއްގެ ހުރިހާ ކަންކަން އެނގޭކަމަށް ހީނުކުރާށެވެ. ޙަޤީޤަތަކީ އެއްވެސް މީހެއްގެ ހުރިހާ ކަމެއް އެއްވެސް މީހަކަށް ނުއެނގޭނެ ކަމެވެ. 

މި ބުނި ބަސްތަކަކީ ދީނާއި ގުޅުންހުރި ވާހަކަތަކެއް ނޫން ކަމަށް ބަލައިފާނެއެވެ. ނަމަވެސް މިއީ ދީނާއި ވަރަށް ގުޅުން ހުރި ވާހަކައެކެވެ. އެހެނީ މިވެނި މީހެއްގެ ހުރިހާ ކަންކަން ތިމާއަށް އެނގޭ ކަމަށް ބުނުމަކީ ހެދޭ ވަރަށް ބޮޑު ދޮގެކެވެ. މީގެ އިތުރުން މީހެއްގެ ހުރިހާ ކަމެއް ރަނގަޅުކަމަށް ބަލައި އެމީހަކަށް މާބޮޑަށް އިތުބާރު ކުރުމުން ދީނީ މައްސަލަތައް އުފެދެއެވެ. ހަމަ އެއާއިއެކު މިވެނި މީހަކީ ހުރިހާ ކަމެއް ގޯސްކޮށްކުރާ ނުބައި މީހެއް ކަމަށް ޤޢަބޫލުކުރުމުން ވެސް މައްސަލަތައް އުފެދެއެވެ. 

ވީމާ މިވެނި މީހަކީ ރަނގަޅު މީހަކު ކަމަށް ބަލައި އިތުބާރުކުރި ނަމަވެސް އަދި ގޯސް މީހެއް ކަމަށް ބަލައި ނަފްރަތުކުރި ނަމަވެސް މި ބަޔާން ކުރި ކަންކަމަށް ވިސްނާށެވެ! ނޫން ނަމަ ތިމާއަށް ދީނީ ގޮތުންވެސް އަދި ދުނިޔަވީ ގެއްލުންތަކެއް ވެސް ލިބިދާނެއެވެ! 

އެއްވެސް މީހަކާއިމެދު ޝައްކުކުރުމެއް ނެތެވެ. ޝައްކުކުރުމަކީ ފާފައެކެވެ. ވީމާ ޝައްކުކުރަން ނުޖެހޭނެ ގޮތަށް ކޮންމެ މީހަކާއިމެދު ވެސް ޢަމަލުކުރާށެވެ! މީހަކާއިމެދު ޝައްކުގެ މަތީގައި ހުންނަން ޖެހުމަކީ ސިކުނޑިއަށް އެކަމުގެ ނޭދެވޭ އަސަރުތައް ވަރަށް ބޮޑަށް ކުރާ ކަމެކެވެ. ނަފްސާނީ ބަލިތައް ގިނަ ފަހަރު އުފެދެނީ ޝައްކުގެ ތެރެއިންނެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން