އުފާވެރިކަން ލިބުން ވަނީ މިއާޔަތުގައިވާ މީހުންނަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
އުފާވެރިކަން ލިބުން ވަނީ މިއާޔަތުގައިވާ މީހުންނަށެވެ!

ގިނަ ބައކަށް މިއަދު ހީކުރެވިގެން މިއުޅެނީ އުފާވެރިކަން ލިބުމަކީ ދުނިޔޭގެ އުފާތައް ލިބުން ކަމަށެވެ. ބާރާއި ފައިސާ ލިބުން ކަމަށެވެ. ބިންގިނަވެ މުދައު ގިނަވުން ކަމަށެވެ. މީސްތަކުންގެ މެދުގައި މަޝްހޫރުކަން އިތުރުވުމުން ކަމަށެވެ. 

 

ނަމަވެސް އެއީ އެކަން އޮތްގޮތެއް ނޫންކަން މިއާޔަތުން އެނގިގެންދެއެވެ. 

 

"ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ، ﷲ އޭ ބުނެ، ދެން ސީދާވެގަތްމީހުން (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަކަށް ބިރެއްނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބައަކުކަމުގައިވެސް ނުމެވޭމެއެވެ." (އަލްއަޙްޤާފް: 13) 

 

ސަމާލުކަން ދޭންވީ މިއާޔަތުގައި "ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ، ﷲ އޭ ބުނެ، ދެން ސީދާވެގަތް މީހުން" ކަމަށް އޮތް ބަސްފުޅަށެވެ. މިބަސްފުޅުން އެނގިގެންދަނީ " ތިމަންމެންގެ ވެރިރަސްކަލާނގެއީ، ﷲ އޭ" ހަމަ އެކަނި ބުނެލުމަކުން ނުފުދޭ ކަމެވެ. އެފަދައިން ބުނުމާއިއެކު ޢަމަލުތައްވެސް ސީދާކުރަން ޖެހޭނެ ކަމެވެ. 

 

ޢަމަލުތައް ސީދާ ކުރުން ކަމުގައި ބެލެވޭނީ ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވާ ހުރިހާ ކަމަކަށް އަމަލުކުރުމުންނެވެ! އެއިގެ ތެރޭގައި ފަރުޟުތައް އަދާކުރުމާއި ނަހީ ކުރެއްވެވި އެންމެހައި ކަންކަމުން ދުރުހެލިވުން ހިމެނެއެވެ. މީގެ އިތުރުން އެމީހާ އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައިވެސް ތެދުވެރިވުން ހިމެނެއެވެ. އެއިގެ ތެރޭގައި މަޤާމުގެ މަސްއޫލިއްޔަތާއި ޢާއިލީ މަސްއޫލިއްޔަތާއި އަމިއްލަ ނަފުސުގެ މަސްއޫލިއްޔަތުތައްވެސް ހިމެނެއެވެ. 

 

ޙަޤީޤީ އުފާވެރިކަން ލިބިގެންދާނީ އެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރާ މީހުންނަށެވެ. ބާއްޖަވެރިކަން ލިބިގެންވާ ބައަކީވެސް ހަމައެއީއެވެ.  

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން