އަނބިމީހާގެ ކަންކަމުގަ ޅިޔަނުންނަކީ "މަރު" ފަދަ ބައެއް!: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
އަނބިމީހާގެ ކަންކަމުގަ ޅިޔަނުންނަކީ "މަރު" ފަދަ ބައެއް!: ޙަދީޘް

މުޖުތަމައުގައި ތަފާތު މައްސަލަތައް ގިނަވެ، ޢާއިލީ ދިރިއުޅުމުގެ މައްސަލަތައް އިންތިހާއަށް ގޮސްފައިވާއިރު ޅިޔަނުންނަކީވެސް ސަމާލުކަން ދޭން ޖެހޭ ބައެކެވެ. ޅިޔަނުންނަށް އިތުބާރުކޮށްފައި އަނބިންގެ ކަންކަން ދޫކޮށްލުމެއް ނެތެވެ. އެކަން އެނގިގެންދަނީ މި ބަޔާން ކުރާ ޙަދީޘްފުޅުންނެވެ.

 

Prophet Muhammad (ﷺ) said: 

Beware of getting, into the houses and meeting women (in seclusion). 

A person from the Ansar said: Allah's Messenger, what about husband's brother, whereupon he (ﷺ) said: Husband's brother is like death."

 Sahih Muslim 2172

 

އަނބިންނަށް ރައްކައުތެރި މާހައުލެއް ހޯދައިދިނުމަކީ ފިރިންގެ މައްޗަށް އޮތް ވާޖިބެކެވެ. އެއީ އަނބިންގެ މިނިވަންކަމަށް ހުރަސް އެޅުން ކަމަށް ބައަކު މާނަކުރި ނަމަވެސް އެއީ އަނބިންނަށް ޙަޤީޤީ މިނިވަންކަން ހޯދައި ދިނުމެވެ.  

 

މިޙަދީޘްފުޅުން އެނގިގެންދަނީ އަންހެނުން އެކަނި ގޭގައި ތިބޭ ވަގުތުތަކުގައި ގޭގެއަށް ގޮސް އެކަހެރި ގޮޕތުގައި ބައްދަލުކުރުމުގެ ހުރި ނުރައްކައުތެރިކަމެވެ. އެކަންކޮށްގެން ނުވާނެ ކަމެވެ. ހަމައެއާއިއެކު ގޭގައި އަނބިންނާއި ޅިޔަނުން އެކަނިވުމަކީވެސް ނުރައްކައުތެރިކަން ބޮޑު ކަމެއް ކަމެވެ. 

 

މި މައްސަލައަށް ޙައްލު ހޯދުމުގައި ގޭގައި ތިބޭ އިސް މީހުން ނުވަތަ މައިންބަފައިންގެ ދައުރުވެސް ވަރަށް މުހިންމެވެ. ގޭތެރޭގައި އެފަދަ ފުރުޞަތުތައް ނުލިބޭނެ ގޮތަށް ވިސްނައިގެން ގޭތެރޭގެ ކަންކަން ބެލެހެއްޓުމުގައި އެންމެ މުހިންމު އެއް ބައަކީ ގޭގައި ތިބޭ އުރުން ދުވަސްވީ މީހުންނެވެ. ގޭގެ އިސް މީހުންނަކީ އެއީއެވެ. 

 

މިފަދަ ސަބަބުތަކަށްޓަކައި ދީނީ ޢިލްމުވެރިން ބަޔާން ކުރައްވަނީ ހިލޭ އަންހެނުންނާއި ފިރިހެނުން އެކަހެރިކޮށް ބައްދަލުކުރުމަކީ ޙަރާމް ކަމެއް ކަމަށެވެ. 

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން