އޮސްޓރްރޭލިއާގައި ފެނަށް އެދި މުސްލިމުން އިސްތިސްޤާ ނަމާދުކުރުމުން ވާރޭ ވެހިފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
50،60 މީހުން ހާމަތަނެއްގައި ނަމާދުކުރަމުން ދިއައިރު މުސްލިމުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކްރިސްޓިއަން ދީނުގެ ބައެއް ބޮޑުންވެސް އެތަނަށް ދިއަކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެމީހުން ބުނީ އެމީހުން ދިއައީ އޮސްޓްރޭލިއާއަށް ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން ދީނީގޮތުން ތަފާތު ނަމަވެސް މުސްލިމުންނާއި ބައިވެރިވުމަށް ކަމަށެވެ.
މުސްލިމުންނާއިމެދު ވަރަށް އިހްމާލުވެ ބޭ އިންސާފުން ކަންކަން ކުރަމުންދާ އޮސްޓްރޭލިއާގައި ކުރެވުނު ތަޖުރިބާގެ ނަތީޖާ ރަނގަޅު ގޮތުގައި ފެނިގެންދާނެކަމަށް އުންމީދުކުރެއެވެ. ރޯވެ އަނދަމުން ދިއުމުގެ ސަބަބުން ނޭވާލުމަށްވެސް ބައެއް ސަރަހައްދު ތަކުގައި މައްސަލަތައް ކުރިމަތިވެފައިވަނިކޮށް ވާރޭ ވެހުމުން ވަނީ މައްސަލައަށް ވަރަށް ބޮޑު ޙައްލެއް ލިބިގެން ގޮސްފައެވެ.
ކްރިސްޓިއަނުންގެ ބައެއް ނޫސްތަކުގައި "މުސްލިމުން އަޅުކަންކުރުމުން މުސްލިމުންގެ ކަލާނގެއަކީ އެންމެ ބާރުގަދަ ކަލާނގެ ކަމަށް ފެނިގެން ހިނގައްޖެ" ކަމަށް ވެސް ލިޔެފައިވެއެވެ.
ގުޅުންހުރި ވީޑިއޯ: