ކުއްޖާއަށް ނަން ކިޔުމުގައި 7 ދުވަސް ބަލާނީ ވިހެަި ދުވަހުން ފެށިގެން 7 ދުވަހަށެވެ. މިސާލަކަށް ހުކުރު ދުވަހު ވިހައިފިނަމަ 7 ދުވަސްވާނީ ބުރާސްފަތި ދުވަހަށެވެ. ބުރާސްފަތި ދުވަހަކު ވިހައިފި ނަމަ 7 ދުވަސް ވާނީ ބުދަ ދުވަހަށެވެ.
މުސްލިމުންގެ ދުވަސް އިރު އޮއްސުމުން ފެށުނީއެވެ. ނިމޭނީ އަނެއް ދުވަހުގެ އިރު އޮއްސުމުންނެވެ. 24 ގަޑިއިރު ބަލައިގެން ދުވަސް ހަމަކުރުމެއް ނެތެވެ.
--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޑރ. އިޔާޟްގެ މި ބަސްފުޅުން އެނގިގެންދަނީ މިސާލަކަށް ހުކުރު ދުވަހު އިރު އޮއްސެން ދާދި ގާތްވެފައި ހުއްޓައި ވިހޭ ނަމަވެސް ހުކުރު ދުވަސް ނިމުމުން 1 ދުވަސް ނިމޭނެ ކަމެވެ. އެ ރޭ ފެށިގެން އެދަނީ ދެވަނަ ދުވަހުގެ ގޮތުގައި ކަމެވެ.