ދުޢާ އިޖާބަ ކުރެއްވެވުމަށް ޚާޞަވެގެންވާ ބައެއް ވަގުތުތައް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ދުޢާ އިޖާބަ ކުރެއްވެވުމަށް ޚާޞަވެގެންވާ ބައެއް ވަގުތުތައް

ކަމަކަށް ބޭނުންވެގެން ހުންނަ މީހާ އެންމެ ބޮޑަށް އެދޭނީ އެމީހަކު ކުރާ ދުޢާ އިޖާބަކޮށްދެއްވެވުމަށެވެ. އެހެންކަމުން ދުޢާ އިޖާބަ ކުރެއްވެވުމަށް ޚާއްޞަވެގެންވާ ވަގުތުތަކާއި ބެހޭ ގޮތުން ބައެއް މީހުން ސުވާލުކުރެއެވެ. ވީމާ ބައެއް ވަގުތުތައް ބުނެލާނަމެވެ. 

ކޮންމެ ވަގުތެއްގައި ދުޢާކުރި ނަމަވެސް ދުޢާ ކުރުމުގެ ކުރިން ރަސޫލް (ޞޢވ) އަށް ޞަލަވާތް ކިޔަވާށެވެ. އެއަށްފަހު ދުޢާކުރާށެވެ.

 

ބައެއް ވަގުތުތައް:

ރޭގަނޑުގެ 3 ބައިން ފަހު ބައި

ޢަރަފާތު ދުވަސް

ސަޖިދައިގައި އޮންނައިރު

ބަންގި އާއި ޤަމާތާއި ދެމެދު 

ފަރުޟު ނަމާދު ނިމޭވަގުތު ވާރޭ ވެހެމުންދާ ވަގުތު 

 

ދުޢާ އިޖާބަކުރެއްވެވުމަށް ޚާއްޞަ ވަގުތުކޮޅެއް ހުކުރު ދުވަހުގައިވެއެވެ. އެވަގުތު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ބުރަ މަސައްކަތުން ނަމަވެސް އެ ވަގުތުކޮޅާއި ދިމާކުރެވިއްޖެ ނަމަ ވަގުތުން ދުޢާ އިޖާބަ ކުރައްވަވާނެތެވެ. އިން ޝާ ﷲ 

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން