ޙައިޟުވެރިޔާއަށް މަނާކަންކަން ކަމުގައި މީހުން ޢާއްމުކޮށް ހީކުރާ އެކަމަކު ޙައިޟުވެރިޔާއަށް ހުއްދަވެގެންވާ ކަންކަން: ޝައިޚް ޝާފިޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ޙައިޟުވެރިޔާއަށް މަނާކަންކަން ކަމުގައި މީހުން ޢާއްމުކޮށް ހީކުރާ އެކަމަކު ޙައިޟުވެރިޔާއަށް ހުއްދަވެގެންވާ ކަންކަން: ޝައިޚް ޝާފިޢު

ޙައިޟުވެރިޔާއަށް މަނާކަންކަން ކަމުގައި މީހުން ޢާއްމުކޮށް ހީކުރާ އެކަމަކު ޙައިޟުވެރިޔާއަށް ހުއްދަވެގެންވާ ކަންކަން:

1- މުޞްޙަފުގައި ބީހުމެއް ނެތި ކީރިތި ޤުރުއާން ކިޔެވުން

2- ތަފްސީރު ފޮތްތަކުގައި ބީހުން

3- ޤުރުއާން ތަރުޖަމާގައި ބީހުން

4- ދުޢާކުރުން

5- ޛިކްރުކުރުން

6- މައްޔިތުން ހިނެވުން

7- މިސްކިތުގައި މަޑުނުކޮށް ޙާޖަތަކަށްޓަކައި މިސްކިތަށް ވަދެލާފައި ނުކުތުން

8- ޖިމާޢުނުވެ އެހެން ހުރިހާ ހުއްދަ ގޮތްގޮތުން ދެމަފިރިކަމުގެ އަރާމު ލިބިގަތުން

9- ކީރިތި ޤުރުއާނުގެ އާޔަތްތައް ލިޔުން

10- ސަޢްޔުކުރުން 

11- ޠަވާފުކުރުން ފިޔަވާ ޙައްޖުގެ ހުރިހާ މަނާސިކުތައް

12- ތިލާވަތުގެ ސަޖިދަކުރުން

13- ޝުކުރުގެ ސަޖިދަކުރުން

14- މައްޔިތުންގެ މޫނުބެލުން (އަންހެން މައްޔިތެއްނަމަ ނުވަތަ މަޙްރަމެއްނަމަ މައްޔިތާގައިގައި އަތްލުންވެސް ހުއްދައެވެ)

15- ނިޔަފަތި ކެނޑުމާއި އިސްތަށި ބޭލުމާއި ގައިން ޠާހިރުވުމުގެ ގޮތުން ކުރާ މިފަދަ ކަންކަން ކުރުން

 

--الشيخ محمد شافع

#SheikhShafiuQA

މިއަދު އޮންލައިން