މާދަމާ ސްކޫލްތައް ހުޅުވެނީއެވެ. ފުރަތަމަ ކަމަކަށް ފަތިސް ނަމާދާއި ދުޢާ ކުރުވަން އާދަކުރުވާށެވެ!
އެންމެ ރަނގަޅު ގޮތަކީ ދަރިން ގޮވައިގެން މިސްކިތަށް ފަތިސް ނަމާދުގެ ޖަމާޢަތަށް ދިއުމެވެ. ނިނމިގެން މިދިއަ ބަންދުތެރޭގައިވެސް މާތް ﷲ އަށް ބިރުވެތިވާ އަދި ދަރިން ދެކެ ޙަޤީޤީ ލޯބިވާ ބައްޕައިން އެމީހުންގެ ދަރިން ފަތިސް ނަމާދުގެ ޖަމާޢަތަށް ގެންދިއައެވެ. އަދި ނަމާދަށްފަހު ކިޔަވަން މިސްކިތުގައި މަޑުވެސް ކުރިއެވެ.
އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން ކޮންމެ ބެލެނިވެރިއަކަށް އެހައި ކުރިން ދަރިން ނުހޭލެއްވުނު ނަމަވެސް ލަސްވެގެން 5.30 ހައިރު ދަރިން ހޭލައްވާށެވެ! ގިނަ ބެލެނިވެރިން މިހާރުވެސް 6.00 ހައިއިރު ކުދިން ހޭލައްވައެވެ. ވީމާ 5.30 ގައި ހޭލެއްވުމަށް އަވަސްކޮށްލަން މިޖެހެނީ އެންމެ 30 މިނިޓް އިރެވެ.
މިއީ ކުދިންގެ ނިދިމަދުވެ ކަންނެތްވެ ނަފްސާނީ މައްސަލަތައް ކުރިމަތިވާ ކަމެއް ކަމަށް ބުނެ ވާހަކަދައްކާ މީހުން އެ ހަދަނީ ވަރަށް ބޮޑު ދޮގެކެވެ. އެމީހުންނަކީ ﷲ ތައާލާއަށް އެއްވެސް ވަރަކަށް ބިރުވެތިނުވާ، އަދި އިންސާނީ އަޚްލާޤްވެސް ނަގައިލަން ބޭނުންވާ މީހުންނެވެ. އެހެނީ މިއަދުގެ ސައިންސްވެރިންވެސް ބުނަމުން އެގެންދަނީ އަވަހަށް ކުދިން ނިންދަވައި ފަތިހު ހޭލެއްވުމަށެވެ. އަދި ބޮޑެތި މީހުން ވެސް އެގޮތަށް އަމަލުކުރުމަށެވެ.
ފަތިސް ނަމާދުގެ ބަންގީގެ އަޑާއިއެކު ފައްޅިތަކުގެ ރަނގަބީލުގެ އަޑުވެސް އިވެމުންދާކަން ރާއްޖެއިން ބޭރަށް ގޮސް އުޅޭ މީހުންނަށް އެނގޭނެއެވެ. ކުދިން ސްކޫލަށް ފޮނުވަން ޖެހެނީ ދުރަށްކަމަށްވުމުން ހެނދުނު 6 ޖަހައިގެން އަންނައިރު މަގުތައް ފުރެންދެން ދަރިވަރުން ޙަރަކާތްތެރިވަމުން އަންނަތަން ވެސް ފެންނާނެއެވެ. އެކުދިންގެ މުޅި ހަޔާތް ފަތިހު ހޭލުމުގައި ހޭދަކުރާއިރު އެބުނާ ޒާތުގެ އެއްވެސް ގިލަންވެރިކަމެއް އެކުދިންނަށް ނުޖެހި އަޅުގނޑުމެންގެ ދަރިންނަށް ޖެހޭވާހަކައަކީ ބުއްދީގެ އެއްވެސް ހަމައަކުން ޤަބޫލުކުރެވޭނެ ވާހަކައެއް ނޫނެވެ.
ބެލެނިވެރިން ދަރިން ދެކެ ލޯބިވާނަމަ ފުރަތަމަ ކަމެއްގެ ގޮތުން ދަރިން ލައްވައި ފަތިސްނަމާދުކުރާށެވެ! އެކަމުގެ ފައިދާ ދަރިންނަށް ހޯދައިދޭށެވެ. ސްކޫލަށް ދިއުމުގެ ކުރިން އެކުދިން އުނގެނުމަށް ކުރާ މަސައްކަތްތަކުގައި ބަރަކާތް ލައްވަވައި ދެއްވެވުން އެދި މާތް ﷲ އަށް ދުޢާ ކުރަން އާދަކުރުވާށެވެ!
މިގޮތުން ކުރަން ރަނގަޅު ބައެއް ދުޢާ:
اللَّهُم¡ اِنِّى اَسْئَلُكَ عِلْمًا نَجِيْحًا Transliteration: Allahumma inni as’aluka ‘ilman-naaji’han
“O Allah! I ask You for useful Knowledge”
سُبْحَانَكَ لَا عِلْمَ لَنَا إِلَّا مَا عَلَّمْتَنَا ۖ إِنَّكَ أَنْتَ الْعَلِيمُ الْحَكِيمُ
Transliteration: Subhanaka la ‘ilma lana ‘illa ma ‘allamtana ‘innaka ‘antal-’Alimul Hakim
“Glory be to you, we have no knowledge except what you have taught us. Verily, it is You, the All-Knower, the All-Wise” (Surah Baqarah; 2:32) رَبِّ زدْنيِ عِلْماً وَ رْزُقْنيِ فَهْماً
Transliteration: Rabbi zidni ‘ilman war zuqni fahmaa
“O’Allah! Advance me in Knowledge and true understanding”
يَا عَلِيمُ عَلِّمْنِىْ
Transliteration: Ya Alimu, alimni
“O’All-Knowing, grant me knowledge”
رَّبِّ زِدْنِى عِلْمًا
Transliteration: Rabbi zidni ilma
“O’My Lord! Advance me in Knowledge” (Surah Ta-Ha; 20:114) --އިސްލާމީ ތިލަފަތުގެ ދަރުސަކުން