ހަގީގީ ހާދިސާ: ކީރިތި ޤުރްއާނަކީ މުއުޖިޒާތެއްކަން މިވާހަކައިން ވެސް ހާމަވޭ!

ކިޔުމަށް ހޭދަވާނީ 1މ 7ސ
ހަގީގީ ހާދިސާ: ކީރިތި ޤުރްއާނަކީ މުއުޖިޒާތެއްކަން މިވާހަކައިން ވެސް ހާމަވޭ!

މިއީ މީގެ ފަސް ދުވަސް ކުރިން އުޚްތަކު ފޭސްބުކްގައި ލިޔެ، ހިއްސާ ކޮށްފައިވާ ވާހަކައެކެވެ. އޭނާގެ ލޮލު ކުރިމައްޗަށް ފެނުނު އާދަޔާ ޚިލާފު ކަމެއްގެ ވާހަކައެވެ.

އޭނާ ބުނިގޮތުގައި އެހާދިސާ ހިނގީ ރޭގަނޑެއްގެ ވަގުތެއްގައެވެ. ގަޑިން 9 ޖަހާކަންހާއިރު އޭނާ އޮށޯތީ އޭނާގެ ދަރިފުޅު ނިންދެވުމަށެވެ. ނިދާއިރު ކީރިތި ޤުރްއާން އަޑުއެހުމަކީ ހިތައް ފިނިކަން ގެނެސްދޭ ކަމެއްކަމުން، އޭނާގެ ފޯނުން ޤުރްއާން ޖެހުމަށް ތައްޔާރުވިއެވެ.

ނަމަވެސް ފޯނު ނަގާފައި ބަލާލުމުން ކުޑަ މާޔޫސްކަމެއް ލިބުނެވެ. އެއީ އެދުވަހު އޭނާއަށް ފޯނު ޗާޖަށް ނުޖަހާ ހުރެވުމުން، ފޯނުގައި ހުރީ އެންމެ 3 ޕަސެންޓު ޗާޖެވެ.

"އަޅުގަނޑު ހިތަށް އެރީ ދަރިފުޅު ނިދެންދެން ފޯން ކައިރީގައި ބާއްވާލާނީއޭ، ފަހުން ޗާރޖަށް ޖަހާލާނީއޭ" އޭނާގެ ޕޯސްޓުގައި ލިޔެފައިވެއެވެ.

ނަމަވެސް ދަރިފުޅަށް ނިދެންދެން އެހެން އޮއްވާ، އޭނާއަށް ވެސް ނިދުނީއެވެ. ހޭލެވުނީ ފަތިހުއެވެ.

މާތް ރަސްކަލާނގެ ކުޅަދުންވަންތަ ކަމާއެވެ. އޭނާއަށް ފަތިހު ހޭލެވުން އިރުވެސް ޤުރްއާންގެ އަޑު އިވިއިވި ހުރިކަމަށް އޭނާ ބުންޏެވެ. އަދި އެއިރުވެސް ފޯނުގައި ހުރީ ހަމަ އެންމެ 3 ޕަސެންޓު ޗާޖު ކަމަށް ވެސް ބުންޏެވެ. ނަމަވެސް އެހާއިރު ވީއިރުވެސް ފޯނެއް ނުނިވެއެވެ.

މިއީ ވިސްނައިފި މީހަކަށް އިބުރަތެއް ނޫންހެއްޔެވެ؟ އަޖައިބު ކުރުވަނިވި މިހާދިސާއަކީ މުއުޖިޒާތެއް ނޫންކަމަކަށް ސިކުނޑި ޤަބޫލެއް ނުކުރެއެވެ.

މިއަދު އޮންލައިން