އެންމެންނަށް މާލެ އަންނަން ޖެހިގެން މިއުޅޭ ސަބަބުގެ ޙަޤީޤަތަކީ މިއީ ނޫންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
އެންމެންނަށް މާލެ އަންނަން ޖެހިގެން މިއުޅޭ ސަބަބުގެ ޙަޤީޤަތަކީ މިއީ ނޫންތޯ؟

"ރާއްޖެތެރޭ އަޚުން މާލެ އަންނަން ޖެހޭ ސަބަބު ޙައްލުނުކޮށް، ރަށުގަ ގޯތިތައް އޮއްވާ އިތުރު ފްލެޓެއް އެމީހުންނަށް ރަށުން ދިން ނަމަވެސް މައްސަލަ ޙައްލެއް ނުވެއެވެ. ސަބަބު ވަރަށް ސާފެވެ. ވަޒީފާ ނެތުމެވެ. ކުރެވެން ހުރި މަސައްކަތް ލިމިޓްވެފައިވުމެވެ. މިކަން ބަދަލުކުރެވޭނީ އެނގޭ ބައަކަށެވެ." –ކަނޑުވައި އިބްރާހީމް ރަޝީދު 

"ރަށްފުށުގައިވެސް ވަޒީފާތައް އުފައްދައި ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ގޮތް ހަމަޖައްސައިދޭނަމެވެ. ދުވާލު ވަޒީފާ އަދާކޮށްފައި އަނބިދަރިން ގާތަށް ނިދަން ދެވޭނެ ގޮތް ހަމަޖައްސައިދޭނަމެވެ." ވެރިންގެ ވަޢުދު 

"އައްޑޫގެ ރައްޔިތުންނަށް ވަޒީފާ ދޭން ވައުދުވެ އެޅި ޝަންގްރިއްލާ ރިޒޯޓުގައި ގިނައިން ވަޒީފާ އަދާކުރަނީ ބޭރުމީހުންނެވެ. އައްޑޫ މީހުންނަށް ނުވަތަ ދިވެހިންނަށް އެ ވަޒީފާތައް ހަމަޖައްސައިދެވޭނީ ކޮން ދުވަހަކުންތޯ؟" އައްޑޫ ރައްޔިތުންގެ ސުވާލު 

"މާލެ އާ ދުރުގަ ރިޒޯޓު ހިންގުމަކީ ވަރަށް ޚަރަދުބޮޑުކަމެއް. މިހާރުވެސް ރިޒޯޓުތައް ހިންގަނީ ގެއްލުމުގަ. ސަބްސިޑީ ދޭންޖެހޭ." މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވާ ހިސާބުން އިތުރު ތަފްޞީލަށް މަޝްވަރާކުރުން ސިއްރު އެކަހެރި ބައްދަލުވުމަކަށް! 

ޙަޤީޤަތަކީ މިއީ ނޫންތޯއެވެ! ޙައްލަކީ ކޮބައިތޯއެވެ! 

މިއަދު އޮންލައިން