އިސްލާމް ދީނުގެ ޙަޤީޤަތް އަނގައި ދިނުމުން ޕަޕުއަ ނިޔުޖިނީގެ އެތައް ސަތޭކަ ބައަކު ވަނީ އެއް ފަހަރާ އިސްލާމްވެފައެވެ. މިއަދު އެވަނީ އެ އަވަށުގައި މުސްލިމުންގެ ކުޑަކުޑަ އާބާދީއެއް އުފެދިފައެވެ. މާތް ﷲ ގެ ވާގިފުޅާއިއެކު މުސްލިމުންގެ ޢަބާދީ ދާނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
މީސްތަކުންނަށް އިސްލާމް ދީން ފޯރުކޮށްދޭން މަސައްކަތްކުރުމަކީ މާތް ﷲގެ މަގުގައި ކުރެވޭނެ އެންމެ ބޮޑު މަސައްކަތެވެ. އެންމެ މަތިވެރި މަސައްކަތެވެ. އެ މަސައްކަތުގައި ތިބާއަށްވެސް ބައިވެރިވެވިދާނެއެވެ. އަމިއްލަ ރަށުގައި އަދި އަމިއްލަ ގޭގައި ހުރެގެންވެސް ބައިވެރިވެވިދާނެއެވެ.
ޚަބަރުގައިވާ ވީޑިއޯއަކީ މިއަދުނޫހުގެ ވަރަށް ގާތް ބައިވެރިއަކު ހިއްޞާކުރައްވާފައިވާ ވީޑިއޯއެކެވެ. ވީޑިއޯ ބައްލަވައިލައްވާށެވެ! އެޖަމާއަތުގެ މަސައްކަތުން އެކަނިވެސް މިދިއަ އަހަރު ވަނީ 4000 އަށްވުރެ ގިނަ މީހުން އިސްލާމްވެފައި ކަމަށް އެ ޖަމާޢަތުން ބުނެއެވެ.
ގުޅުންހުރި ވީޑިއޯ: