ފާފަތައް ފުއްސަވައިދެއްވަވަން އެދޭ މީހާއަށް ޝައިޚް މުޙައްމަދު ހޮބްލޮސްގެ ވަރުގަދަ އިލްތިމާސެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ފާފަތައް ފުއްސަވައިދެއްވަވަން އެދޭ މީހާއަށް ޝައިޚް މުޙައްމަދު ހޮބްލޮސްގެ ވަރުގަދަ އިލްތިމާސެއް!

މީސްތަކުންނޭވެ! އަހަރެމެން ކޮންމެ މީހަކީވެސް ފާފަތަކުން ފުރި ފޯވެގެންހުރި މީހެކެވެ. ބައެއް މީހުންނަކީ ފާފައިގެ މައްޗަށް ފާފަކުރެވެމުންދާ މީހުންނެވެ. ނަމާދުއަޅާ މީހުންނެވެ. ބަނގުރަލާއި އެހެނިހެން މަސްތުވާތަކެތި ބޭނުންކުރާ މީހުންނެވެ. ފާހިޝް އަމަލުތައްކުރާ މީހުންނެވެ. ޒިނޭކުރާ މީހުންނެވެ. 

އެހެންވެސް ފަރުޟުތައް އަދާނުކުރެވޭ ހާލުގައި ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން ވެސް ކުރަމުން ގެންދާ މީހެކެވެ.

މިހުރިހައި ކަންކަމާއިއެކުވެސް ކޮންމެ މީހަކުވެސް ބޭނުންވަނީ އެމީހާއަސް ކުރެވުނު ހުރިހާ ފާފަތައް ފުއްސަވައި ދެއްވަވައި ސުވަރުގެ ވައްދަވައި ދެއްވެވުމެވެ. ފާފަ ކުރަނީ އަމިއްލައަށް ނަމަވެސް ފާފަތަކުގެ ސަބަބުން އެންމެ ފަޅި ސިކުންތަކަށް ނަމަވެސް ނަރަކައަށް ވަންނަން ބޭނުން ހަމައެކަކުވެސް ނެތެވެ. 

ﷲ ތަޢާލާގެ ޙަޟްރަތުން މިގޮތަށް މިކަން މެދުވެރިވުމަށް އެދޭ މީހާ އަށް ބަލައިލަމާ ހެއްޔެވެ؟ 

އޭނާއަށްޓަކައި އިންތިހާއަށް ބުރައުފުލައި އޭނާ މީހަކަށް ހަދަން އިންތިހާއަށް ޤުރްބާންވި މައިންބަފައިން ނަމަވެސް، ހުރިހައި ޚިދުމަތްތަކެއް ކޮށްދޭ އަނބިމީހާ ނުވަތަ ފިރިމީހާ ނަމަވެސް އަދި ރަޙިމުގެ ގުޅުން އޮތް އަޚުންނާއި އުޚުތުން ނަމަވެސް އެއިން އެއްވެސް މީހަކަށް އޮޅުމަކުން ނަމަވެސް ކުރެވޭ ކުޑަކުޑަކުޑަ ކުށަކަސް ވިއަސް މާފުކުރާކަށް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ބަދަލުހިފާށެވެ! ދެރަކޮށް ރޮއްވާށެވެ! އަދި ކުރިން ހަދިޔާކޮށްފައި ހުރި ތަކެތިވެސް އަތުލއި ބަދަލުހިފާށެވެ! 

އެގޮތަށް އެމީހާ ހުރެމެ ﷲ ތަޢާލާގެ ޙަޟްރަތުން މިއެދެނީ ހުރިހާ ފާފަތަކަށް ޢަފޫކޮށްދެއްވެވުމަށެވެ. ނިކަން ބުނެބަލާށެވެ. މިއީ ބުއްދިއަށް ޤަބޫލުކުރަން ހެޔޮވެދާނެ ފޯމިޔުލާއެއް ހެއްޔެވެ؟  

މީސްތަކުންނޭވެ! ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދޭނަމަ ފުރަތަމަ އެމީހަކީ އެހެން މީހުންނަށް މާފުކުރާ މީހކަށްވާށެވެ! އެހެން މީހުންނަށް މާފުކުރާ މީހަކަށްވެ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގަންނާށެވެ! އެއިރުން އެމީހާގެ ހުރިހާ ފާފަތަކަށް ﷲ ތަޢާލާ ޢަފޫކޮށްދެއްވަވާނެތެވެ! އެހެނީ އެހެން މީހުންނަށް މާފުކުރުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލުތަކުގެތެރޭގައި ހިމެނިގެންވާ ޢަމަލެކެވެ. 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން