މަރަދޫފޭދޫ ދަމަނަވެށިން ވެކްސިން ތައްގަނޑެއް ވަގަށް ނަގައިފި!

ކިޔުމަށް ހޭދަވާނީ 1މ 7ސ
މަރަދޫފޭދޫ ދަމަނަވެށިން ވެކްސިން ތައްގަނޑެއް ވަގަށް ނަގައިފި!

އައްޑޫ ސިޓީ މަރަދޫފޭދޫގައި ހުންނަ ދަމަނަވެށިން ވެކްސިން ތައްގަނޑެއް ވަގަށް ނެގި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަމާއި ގުޅޭގޮތުން ފުލުުހުންގެ އޮފިޝަލަކު ވިދާޅުވީ މިދިޔަ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު މަރަދޫފޭދޫގައި ހުންނަ ދަމަނަވެށިން ވައްކަން ކޮށްފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެތަނުން ވަގަށް ނަގާފައިވަނީ ވެކްސިން ޖެހިކަން އަންގައިދިނުމަށް ބޭނުންކުރާ ތައްގަނޑަކާއި ދަމަނަވެށީގެ ރަސްމީ ލިޔެކިޔުންތަކެއް ބަލަހައްޓާ ކޮމްޕިއުޓަރުގެ ސީޕީޔޫއެވެ.

މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު، ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލެއް އައްޑޫ ސިޓީގައި ހުންނަ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ، ޑރ. އަހުމަދު ފައިސަލް ވަނީ އިއްޔެގެ ވަގުތެއްގައި ޓްވިޓާ މެދުވެރިކޮށް ހާމަކުރައްވާފައެވެ.

"ސުކޫލަށް ވައްދަނީ ވެކްސިން ޖަހާ ހަމަކޮށްފައި. އިރާދަ ކުރެއްވިއްޔާ ވެކްސިން ޖަހާފައި ތިބިކުދިންނަށް މީގެ ނުރައްކަލެއް އަދި އެކުދީންގެ ސަބަބުން އެހެންމީހުންނަކަށްވެސް ނެތް. މީގެ މައްސަލަޔަކީ ވެކްސިން ނުޖަހާ ސުކޫލްތަކަށް ވައްދާތީ. އައްޑޫގައި ހުންނާނެ ސުކޫލެއް ވެކްސިން ނުޖަހާ ވައްދާ!" ޑރ. ފައިސަލްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން