އަމިއްލަ ބާރު ހިންގެން ހުރި ކަންކަން ތިމާ ބޭނުންވާހައި ގޮތަކަށް ނުކުރެވޭއިރު އަމިއްލަ ބާރު ނުހިނގާ ކަންކަން ވަގުތުން ވުމަށް އެދެނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
އަމިއްލަ ބާރު ހިންގެން ހުރި ކަންކަން ތިމާ ބޭނުންވާހައި ގޮތަކަށް ނުކުރެވޭއިރު އަމިއްލަ ބާރު ނުހިނގާ ކަންކަން ވަގުތުން ވުމަށް އެދެނީ ކީއްވެ؟

"އެމީހަކަށް ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތްތަކަށް ޝުކުރު ނުކުރާ މީހަކަށް ދުވަހަކުވެސް އުފާވެރިކަމެއް ނުލިބޭނެއެވެ. އެހެނީ ދުނިޔެއަކީ މީސްތަކުން ބޭނުންވާ ހުރިހާ ނިޢްމަތްތަކެއް އެމީހާ ބޭނުންވާ ގޮތަށް ލިބުމަށް އޮތްތަނެއް ނޫނެވެ. 

ވީމާ އެމީހާ އެދޭ ގިނަ ކަންތައްތަކެއް މިދުނިޔޭގައި ޙާޞިލު ނުކުރެވޭނެ ގިނަ ބައަކު ތިބޭނެއެވެ. އެކަން އިޚްލާޞްތެރިކަމާއިއެކު ޤަބޫލުކުރަންވާނެއެވެ. އެދޭ ކަންތައްތަކެއް ޙާޞިލު ނުވެ އޮތުމަކީ ލިބިފައިވާ ނިޢްމަތްތަކަށް ޝުކުރުވެރި ނުވުމަށް އޮތް ސަބަބަކަށް ނުހަދާށެވެ. ލިބިފައިވާ ނިޢްމަތްތަކަށް ޝުކުރުވެރިވާ މީހަކު ކަމުގައިވާށެވެ." 

ދިރިއުޅުމުގައި ބޭނުންވާ ކަމެއް ޙާޞިލުނުކުރެވޭއިރަށް ކަންކަން އެކޮޅުކޮޅުން ޖެހުން މިވަނީ ވަރަށް ޢާންމު ކަމަކަށްވެފައެވެ. މިގޮތުން ބައެއް މީހުން ނުކުރަނީ މިވެނި ކަމެއް ކަމަށް ބުނެވެން ނެތް ހާލަތަށް މީހުންގެ ޢަމަލުތައް ހިނގައްޖެއެވެ. ވީމާ ކޮންމެ މީހަކު ވެސް މިފަދަ ނަޞޭޙަތްތައް އެކުވެރިންނާއި ހަމައަށް ފޯރުކޮށްދީ ދުނިޔޭގެ ޙަޤީޤަތަކީ މިއީކަން ވިސްނައިދޭން މަސައްކަތްކުރާށެވެ! 

ބައެއް މީހުން ބޭނުން ކޮންމެ އެއްޗެއް ގަންނާނެ ފައިސާ އަތުގައި ހުރެމެ ނުގަނެވި ނުދޭހެއްޔެވެ؟ ކުރަން ބޭނުން ކަންކަން ނުކުރެވެނީ މަދުން ހެއްޔެވެ؟ މިއީ އަތުގައި ޚަރަދުކުރާނެ ފައިސާ ހުރެމެ ކަންކަން ހިނގަމުންދާގޮތް ކަމަށްވާއިރު އެމީހެއްގެ އަމިއްލަ ބާރު ނުހިނގާ ކަންކަން ތިމާ އެދޭހައި ގޮތަކަށް ފުރިހަމަވުމަށް އެދުމަކީ ދެކޮޅު ޖެހޭ ކަމެއް ކަމާއިމެދު އަމިއްލައަށް ވިސްނައިލުން ބުއްދިވެރިއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން