އައްޑޫ ސްކޫލަކުން އިއްޔެ ބައްދަލުވެވަޑައިގެންނެވި ދަރިވަރުންނަކީ ވަރަށް ތޫނުފިލި ދަރިވަރުން ކަމަށާއި މާތް ﷲ ވާގިފުޅާއިއެކު އެކުދިން ވެގެންދާނީ މާދަމާގެ "ސްޕަރސްޓާރުން"ނަށް ކަމަށް ވިދާޅުވެ އައްޑޫ ސިޓީގެ ދަރިވަރުންނަށް މުފްތީ އިސްމާޢީލް މެންކް ވަރަށް ބޮޑަށް ތަޢްރީފް ކުރައްވައިފިއެވެ.
އައްޑޫ ސިޓީ ނޫރާނީ ސްކޫލްގައި ރޭ ބޭއްވެވި ދަރުސްގައި މުފްތީ މެންކް ވިދާޅުވީ ކުދިންވެސް އަދި މީހުންވެސް ސުވާލުތައް ކުރާނެ ކަމަށާއި ކޮންމެ ފަަދ ސުވާލެއް ކުރި ނަމަވެސް އޮތީ ރުޅި ނައިސް އެކަމެއް އެމީހަކަށް އެނގޭ މިންވަރުން އޮޅުންފިލުވައި ދިނުން ކަމަށެވެ. ޚާއްޞަކޮށް ދަރިންގެ ސުވާލުތަކަށް ޖަވާބުދޭންޖެހޭނެ ކަމަށެވެ.
"ޖަވާބު ނުދިނީމާ ވާނެ ގޮތަކީ ކުދިން ގޫގްލްސް ސާޗްކޮށްލާނީ. އެއިރުން އިސްލާމް ދީނުގެ ކަންކަމުގައި ވެސް ފުރަތަމަ އަންނާނީ ކާފިރުންގެ ޖަވާބު! އެމީހުން ބުނެފަ ހުންނަ ވާހަކަ. ވީމާ އެންމެ ރަނގަޅު ގޮތަކީ ކަންކަން ކިޔައިދީ އޮޅުންފިލުވައިދިނުން." ކަމަށްވެސް މުފްތީ މެންކް ވަނީ ވިދާޅުވެފައެވެ.
މުފްތީ މެންކް މިރޭ ދަރުސް ދެއްވާނީ ކުޅުދުއްފުށި ސިޓީގައެވެ.