ޚިޔާނާތްތެރިވެގެން ކައިވެނިތައް ރޫޅެމުންދާއިރު މި ޙަދީޘްފުޅު އޮތްކަން އެނގޭތަ؟ ބިރެއް ނުގަންނާނަންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ޚިޔާނާތްތެރިވެގެން ކައިވެނިތައް ރޫޅެމުންދާއިރު މި ޙަދީޘްފުޅު އޮތްކަން އެނގޭތަ؟ ބިރެއް ނުގަންނާނަންތަ؟

މިރޭ މިފަށަނީ އިމާމް އަޙްމަދުގެ ޙަދީޘްފުލަކުންނެވެ. ޙަދީފުޅުގެ މާނައަކީ "އެމީހެއްގެ އަމާނާތްތެރިކަމެއް ނެތް މީހާގެ އީމާންތެރިކަމެއް ނުވެއެވެ. އަހުދުތަކަށް ފަރުވާތެރި ނުވާ މީހާގެ ދީނެއް ނުވެއެވެ."   

މިޙަދީޘްފުޅުގެ މާނައިން ނަގަންވީ ހަމައެކަނި ފައިސާއަށް ޚިޔާނާތްތެރިވުން އެކަނި ކަމަކަށް އަހަރެން ނުދެކެމެވެ. ކައިވެނީގައި އަނބިބަލައިގަންނަ ހިސާބުން އެވަނީ އަނބިމީހާ އާއި ހަވާލުވެވިފައެވެ. އަދި ކައިވެނީގެ ރަނާއިއެކު އެވަނީ ވާން އުޅޭ ފިރިމީހާވެސް ބަލައިގަންނަން ރުހެވިފައެވެ. ކައިވެންޏާއިއެކު އެވަނީ ފިރިމީހާ އެވަނީ ބަލައިގަނެވިފައެވެ. 

ކައިވެނީގެ ޚުޠުބާގައި އެންމެ ބޮޑަށް ބާރު އަޅަނީ އެކަކު އަނެކަކަށް ތެދުވެރިވެ އިޚްލާޞްތެރިވުމަށެވެ. ޚިޔާނާތްތެރިކަމަކީ އަމާނާތްތެރިކަމުގެ އިދިކޮޅެވެ. ވީމާ މި ޙަދީޘްފުޅަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ކައިވެންޏާއި ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ޙަދީޘްފުޅެކެވެ. 

އަހުދުތަކަށް ފަރުވާތެރިވުމުގެ ވާހަކައޮތް އިރު ކައިވެނީގެ އެއްބަސްވުމަކީ އަހުދުނާމާއެކެވެ. ކައިވެނީގެ އިޤްރާރުގައި ކުރާ ސޮޔަކީ އެއްބަސްވެ ކުރާ ސޮޔެވެ. މިސަބަބަށްޓަކައިވެސް ޙަދީޘްފުޅާއި ކައިވެންޏާއި ވަރަށް ބޮޑަށް ގުޅިގެންދާކަމަސް އަހަރެން ޤަބޫލުކުރަމެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދެމަފިރިން އެކަކު އަނެކަކަސް ޚިޔާނާތްތެރިނުވާށެވެ! އެއީ ކުރެވޭ ވަރަށް ބޮޑުފާފައެކެވެ. އެކަމުގެ ސަބަބުން މެދުވެރިވެދާނެ ގޮތް އެއޮތީ ޙަދީޘްފުޅުން ވަރަށް ސާފުކޮށް ފެންނާށެވެ! 

ޚިޔާނާތްތެރިން އެކަމުގެ ރަހަ ދެކޭނެތެވެ. ފަހަރެއްގައި މިދުނިޔޭގައި މޮޅެއް ލިބިވެސް ދާނެއެވެ. ނަމަވެސް ގިނަ ފަހަރު އޮންނާނީ މިދުނިޔޭގައިވެސް އެއްވެސް މޮޅެއް ނުލިބިފައެވެ. ވީމާ އެކުގައި ނުއުޅެން ނިންމައިފިނަމަ ޚިޔާނާތްތެރި ނުވެ ރިވެތި ގޮތުގައި ވަކިވާށެވެ! އިތުރު ފާފަތައް ކޮށް ހަލާކުގެ ތެރެއަށް ވެއްޓިނުގަންނާށެވެ! އާޚިރަތް ނަގައިނުލާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! ދެދުނިޔޭގައި ކާމިޔާބާއި ފަލާޙް ލިބުން އޮތީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން