މޭކަޕްކުރަން އެވަރަށް ތިއަ މަސައްކަތްކުރަނީ ކީއްވެގެން ހެއްޔެވެ؟ ތިބާ ދެކެ ޙަޤީޤޢީ ލޯބިވާ މީހަކު ލޯބިވާނީ މޭކަޕަކަށް ނޫނެވެ! ޙަޤީޤީ ސިފަތަކަށެވެ! އަސްލު ސޫރައަށެވެ!
ބައެއް އަންހެނުންނަށް އެ ލަނޑު ލިބެއެވެ. މޭކަޕް ފިލުމުން އަޞްލު ސިފަ ފެންނައިރު މުޅިން އެހެން އަންހެނެއްގެ ގޮތުގައި ފެނުމުން ހޮޑުލަވާ ވާހަކަވެސް މީހުން ދައްކާ ވާހަކައިގެ އަޑުއިވެއެވެ. އެފަދަ ޕޯސްޓްތައްވެސް ފެނެއެވެ. މިއީ ދައްކައިގެން ނުވާނެ ވާހަކައެއް ނަމަވެސް އެފަދަ ވާހަކަތައްވެސް މީހުން ދައްކައެވެ. މަލާމާތްކޮށް ފޮޓޯ ވެސް ހާމަކުރެއެވެ.
ޙައްލު މިއޮތީއެވެ!

ވީމާ މަސައްކަތްކުރަންވީ ހިތް މޭކަޕް ކުރުމަށެވެ. ހިތް މޭކަޕްކުރުމަކީ ހިތް ސާފުކޮށް ޠޯހިރުކުރުމެވެ. އެކަން ކޮށްދޭ ބާރަކީ އީމާންކަމާއި ތަޤްވާވެރިކަމެވެ. ވީމާ މުޅި ދިރިއުޅުން އުޖާލާ ކުރުން ގުޅިފައި މިވަނީ އީމާންތެރިކަމާއި ތަޤްވާވެރިކަމާއިއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން