އަނެއްކާވެސް ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް! މިފަހަރު ވެސް ދެކުނުގެ ރަށަކުން!

ކިޔުމަށް ހޭދަވާނީ 59ސ
އަނެއްކާވެސް ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް! މިފަހަރު ވެސް ދެކުނުގެ ރަށަކުން!

ދެކުނުގެ ރަށެއްގެ މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތެއް އަނެއްކާވެސް ފެންމަތިވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ދެކުނުގެ ރަށެއްގައި އުމުރުން ފަސް އަހަރުގެ ކުޑަ ކުއްޖަކަށް 56 އަހަރުގެ ދިވެހި ފިރިހެނަކު ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް ރޭގެ ވަގުތެއްގައި ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މިމައްސަލައިގައި ޖެންޑާ މިނިސްޓްރީގެ ޓީމެއް މިހާރު އެރަށަށް ދަތުރުކޮށްފައިވާ ކަމަށާއި މިމައްސަލަ މިހާރު ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް ފުލުހުން ނުދެއްވައެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ އެކުއްޖާގެ އާއިލާ މީހެކެވެ.

ދެކުނުގެ ރަށެއްގައި އުމުރުން ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމުގެ މައްސަލައެއް ރޭގައި ފެންމަތިވެފައިވާއިރު، މިފަަ މައްސަލައެއް މިދޔަ ބުރާސްފަތި ދުވަހުވެސް ވަނި ފެންމަތިވެފައެވެ. ގއ. ކަނޑުހުޅުދޫގައި އުމުރުން އެންމެ ދެ އަހަރުވެސް ނުފުރޭ ކުޑަ ކުއްޖަކަށް އެކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ވަނީ މުޅި ރާއްޖެ ސިއްސުވާލާފައެވެ.

މިއަދު އޮންލައިން