"ޤުރްއާން ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވެވިން" ކަމަށް ﷲ ވަޙީކުރައްވަވާފައިވާއިރު ދަސްކުރަން އުނދަގޫ ކަމަށް ބުނެ ދެއްކޭނީ ކޮން ބަހަނާއެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
"ޤުރްއާން ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވެވިން" ކަމަށް ﷲ ވަޙީކުރައްވަވާފައިވާއިރު ދަސްކުރަން އުނދަގޫ ކަމަށް ބުނެ ދެއްކޭނީ ކޮން ބަހަނާއެއް؟

ކީރިތި ޤުރްއާން އުނގެނެން އުނދަގޫކަމަށް ނުވަތަ ހިތުން ދަސްކުރަން އުނދަގޫ ކަމަށް ބައެއް މީހުން ބުނެއެވެ. އަދި ނަމާދުގައި ކިޔާ ސޫރަތްތައް ދަސްކުރަންވެސް އުޒުރު ދައްކައެވެ. ނަމަވެސް އެމީހުން އެދައްކަނީ އެއްވެސް ޙަޤީޤަތެއް އޮތް ވާހަކައެއް ނޫންކަން ﷲ ތަޢާލާ ވަނީ ވަހީ ކުރައްވަވައިފައެވެ. 

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޤުރްއާން ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟ (އަލްޤަމަރު: 17) 

މީސްތަކުންނޭވެ! ކީރިތި ޤުރްއާން ދަސްކުރުމަކީ އެކަން ކުރަން ބޭނުންވާ މީހާއަށް ﷲ ތަޢާލާ ފަސޭހަކޮށްދެއްވަވާފައިވާ ކަމެކެވެ. ޢުމުރުން ނުހަނު ހަގު ކުޑަކުދިންވެސް ކީރިތި ޤުރްއާން އެކުގައި ދަސްކޮށް އެދަނީ ޙާފިޡުންނަށް ވަމުންނެވެ. މުޅި ދުނިޔޭގެ ނިޞްބަތުން ބެލި ނަމަވެސް ތަފާތު ޢުމުރުތަކުގެ އެންމެ ގިނަ މީހުން ހިތުދަސް ފޮތަކީ ކީރިތި ޤުރްއާނެވެ. މިއީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ. 

ހަމަ ކިޔައިލާއިރަށް ހިތުދަސްނުވެދާނެއެވެ. ހިތަށް ކަންކަން ނަގައިގަތުމުގެ ބާރު އެކި މީހުންގެ ކިބައިގައި ވަނީ އެކި މިންވަރަށެވެ. ވީމާ ދަސްކުރަން މަސައްކަތް ކުރަންޖެހޭ މިންވަރު އެންމެން އެއްވަރު ނުވެދާނެއެވެ! މިއީ ހަމަ އެންމެންވެސް ޤަބޫލުކުރަން ޖެހޭނެ ކަމެކެވެ. އެހެންކަމާއިއެކުވެސް ހިތްވަރާއިއެކު މަސައްކަތްކޮށްފިނަމަ ކީރިތި ޤުރްއާން އުނގެނުން ވެގެންދާނީ ދަސްކުރަން އެންމެ ފަސޭހަ ކަންތަކަށެވެ. 

މިއާޔަތުން އެކަމުގެ ޔަޤީންކަން ލިބިގެންދެއެވެ. ވިސްނާށެވެ!

ކީރިތި ޤުރްއާނުން ހިތުދަސް މިންވަރުން ތިބާއަށް ކައްވަޅުގައި ނުހަނު ފައިދާ ކުރެއެވެ. ކީރިތި ޤުރްއާން ކިޔެވުން ގިނަކޮށް ހިތުދަސްކުރި މިންވަރަކުން ކައްވަޅުގެ ޢަޛާބު ލުއިކޮށްދެއްވަވަތެވެ. ޤިޔާމަތް ދުވަހު އެކަމުގެ ފައިދާ ކުރެތެވެ. 

މުލްކް ސޫރަތާއި ބަޤަރާ ސޫރަތާއި ޢަލްޢިމްރާން ސޫރަތް ފަދަ ސޫރަތްތަކަކީ އެކަމަށް ހުރި ބައެއް ސޫރަތްތަކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން