ނަމަނަމަ ފަޤީރު ޙާލުގަ ލޯބިވި ލޯބިވެރިޔާ ދޫކޮށް ނުލާށެވެ!: ފަޤީރަކަށް ހެދިގެން ލޯބިވެރިޔާ ހޯދި މިލިއަނަރު އިބްރާހީމް އަލްރާޝިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
ނަމަނަމަ ފަޤީރު ޙާލުގަ ލޯބިވި ލޯބިވެރިޔާ ދޫކޮށް ނުލާށެވެ!: ފަޤީރަކަށް ހެދިގެން ލޯބިވެރިޔާ ހޯދި މިލިއަނަރު އިބްރާހީމް އަލްރާޝިދު

އިބްރާހީމް އަލްރާޝިދު އަކީ މިލިއަނަރެކެވެ. އޭނާއަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައިގެ ގޮތުގައި އޭނާ ފާހަގަކުރަނީ ކައިވެނިކުރާނެ ބައިވެރިއަކު ހޯދުމެވެ. އޭނާއާއި މިލިއަނަރެއްގެ ގޮތުގައި ލޯބިވާނެ އަންހެނުން ގިނަވެ ކުއްޖަކު އިޚްތިޔާރުކުރަން އުނދަގޫވީއެވެ. 

އެކަމުގައި ގޮތް ނިންމަން އުނދަގޫވުމުން ކޮންމެ ހޮނިހިރު ދުވަހަކު އިބްރާހީމް ބަދަލުވީ މަގުމަތީގައި ހިނގައިގެން އެއްޗެތި ވިއްކާ މީހަކަށެވެ. ތަންކޮޅެއް ދުރު އަވަށަކަށް ގޮސް ކޮޓަރިއެއް ކުއްޔަށް ހިފުމަށްފަހު ވަރަށް އާދައިގެ ހެދުމެއް ލައިގެން ނުކުމެ އުޅުނީ މަގުމަތީގައި އެއްޗެތި ވިއްކާ މީހަކަށް ހެދިގެންނެވެ. 

އެގޮތަށް އުޅުމުގެ ތެރޭގައި ބައްދަލުވި ވަރަށް އާދައިގެ ފެންވަރުގެ އަންހެނަކާއި ގާތްކަމެއް އުފެދުނެވެ. އެ ގާތްކަމުގެ ތެރެއިން އެއް ދުވަހަކު އަނހެން ކުއްޖާގެ ގެއަށް ގޮސްދިނުމަށް އިބްރާހީމަށް ދައުވަތު ދިނެވެ. އެދައުވަތު ޤަބޫލުކޮށް އިބްރާހީމް އެގެއަށް ދިއައެވެ. ޢާއިލާ އާއި ބަދަލުވެ ގެދޮރު ފެނި ޢާއިލާގެ މައުލޫމާތު ލިބުމުން އެނގުނީ އެ ޢާއިލާއަށް މަހަކު 200 ޑޮލަރު ވެސް ނުލިބޭ ކަމެވެ. 

އެއިގެ ފަހުން އިބްރާހީމްގެ ހޮނިހިރު ދުވަސް އެ އަވަށުގައި ހޭދަކުރަން ފަށައި ޢާއިލާ އާއި ބައްދަލުކޮށް ކަންކަން އޮޅުންފިލުވައި އިތުރު މައުލޫމާތު ހޯދިއެވެ. އެގޮތުގައި 2 މަހެއްހައި ދުވަސް ފާއިތުވުމަށްފަހު އިބްރާހީމް އެ އަންހެންކުއްޖާގެ ބައްޕަގެ ކިބައިން އެ ކުއްޖާގެ ކައިވެންޏަށް އެދުނެވެ. 

ބައްޕަ ބުނީ ދަރިފުޅު ވަނީ މާކުރިންވެސް ތިއަ ކަންތައް ހުށަހަޅާފައި ކަމަށާއި ނަމަވެސް ކައިވެނި ކޮށްދެވޭނެ ފަދަ އެއްވެސް ތަނަވަސްކަމެއް އަތުގައި ނެތުމުން އެވާހަކަ ދައްކަން ނުކެރިގެން ތިބީ ކަމަށެވެ. 

އެ އަވަށުގައި އެންމެ ރަނގަޅު ފެންވަރުގައި ކައިވެނިކުރާނެ ނަމަ ކުރަން ޖެހޭނެ ޚަރަދު އޮޅުން ފިލުވުމަށްފަހު އިބްރާހީމް ބައްޕައާއި ފައިސާ ޙަވާލުކުރިއެވެ. އެއީ އެންމެ 2000 ޑޮލަރެވެ. 

ޖެހިގެން އައި ހުކުރުވިލޭރޭ ކައިވެނިކުރެވުނެވެ. ކައިވެނީގެ ހަފްލާވެސް ހަމަ އެ ރޭ ބޭއްވުނެވެ. އެންމެން ސިހިގެން ދިއައީ ކައިވެނީގެ ހަފްލާގެ ހުރިހާ ކަންކަން ނިމުނުތަނާ މާސީޑެސް ބެންޒުގެ އެންމެ އަގުބޮޑު ކާރުގެ 4 ކާރު އެކުގައި ޢާއިލާގެ އެންމެން ބަލައި ދިއުމުންނެވެ. 

އިބްރާހީމްގެ ޙަޤީޤަތް އޭނާ ކައިވެނި ކުރި އަންހެން ކުއްޖާއަށް ނުވަތަ އަނބިމީހާއަށް ވެސް އަދި ޢާއިލާއަށްވެސް އެނގުނީ އިބްރާހީމްގެ ގެއަށް އެންމެން ގެންދިއުމުންނެވެ. 

މިވާހަކަތައް ބަޔާންކުރުމަށްފަހު އިބްރާހީމް އޭނާގެ ފޭސްބުކުގައި ލިޔެފައިވެއެވެ. "ޙަޤީޤީ ލޯބިވެރިންނަކީ ފަޤީރު ޙާލުގައި ލޯބިވާ މީހާއެވެ! ތަނަވަސް ކަމުގައި ލޯބި އެވަނީ މީހާ ދެކެއެއް ނޫނެވެ. ތަނަވަސްކަން ދެކެއެވެ. އެހެންވެ އަހަރެން ހަޔާތުގެ ބައިވެރިޔާ ހޯދީ ފަޤީރެއްގެ ގޮތުގައެވެ. އަހަރެންގެ ބަސް ޤަބޫލުކުރާ ކޮންމެ މީހަކުވެސް ފަޤީރެއްގެ ގޮތުގައި ހުރެ ޙަޔާތުގެ ބައިވެރިޔާ ހޯދާށެވެ! ނަމަނަމަ ފަޤީރު ޙާލުގައި ހުއްޓައި ތިބާ ދެކެ ލޯބިވީ މީހާ ދޫކޮށް ނުލާށެވެ! އޭނާއަށް ދެރަ ގޮތެއް ނުހަދާށެވެ!"

 

- ޢިބްރަތްތެރި ވާހަކަ

 

މިއަދު އޮންލައިން