އުމުރުން އެންމެ 5 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިދީ ބަންދުގެ މުއްދަތު އިތުރުކޮށްދީފިއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ޙައްޤުތައް ހިމާޔަތްކުރުމުގެ ގޮތުން މިކަން ކުރި މީހާގެވެސް ނަން ހާމަކޮށްފައެއް ނުވެއެވެ. ބުނެފައިވަނީ 56 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނެފައިވަނީ އެފަދަ މީހުންގެ މައުލޫމާތު ހާމަނުކުރަނީ އަނިޔާ ލިބުނު ކުއްޖާގެ ޙައްޤުތައް ހިމާޔަތްކުރުމުގެ ގޮތުން ކަމަށެވެ. އޭނާ ބަންދުކޮށްފައިވަނީ ރޭ 11 ޖަހާއެހައިކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ.