2 އަހަރުގެ ކުއްޖާއަށް ޖިންސީނީ ގޯނާކުރިކަމަށް ބެލެވޭ އެކެއްގެ މައުލޫމާތު ޢާންމުވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ "ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލެއް ހިންގުމުގެ ތުހުމަތުގައި ހައްޔަރު ކުރުމާއި ގުޅިގެން އިބްރާހިމް ދީދީ (62) އަހަރު ގއ. ކަނޑުހުޅުދޫ / ރިހިވެލި. ކަނޑު ހުޅުދޫ މިސްކިތުގެ އިމާމު ކަމުގެ ވަޒީފާއިން މިހާރު ވާނީ ސްޕެންޑް ކޮށްފަ." ކަމަށެވެ.
ގިނަ ބައަކު ބުނަނީ މިފަދަ މައުލޫމާތު ޢާންމުކުރުން މުހިންމު ކަމަށާއި އެކަމުގެ ސަބަބުން އެހެން މީހުންނަށް އެފަދަ މީހުންނާއިމެދު ރައްކައުތެރިވުމުގެ ފުރުޞަތުބޮޑުވެ އެފަދަ މީހުންގެ އަނިޔާވެރިކަމުން މުޖުތަމައު ސަލާމަތް ކުރުމަށް މަގުފަހިވާނެ ކަމަށެވެ.