އަނބި ދަރީންގެ މައްޗަށް ޚަރަދު ނުކުރެވޭ މީހާ އެހެން ކައިވެންޏެއް ކުރުމަކަށް ކުފޫ ހަމައެއް ނުވެއެވެ!: ޝައިޚް މުޙައްމަދު ޝާފިޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
އަނބި ދަރީންގެ މައްޗަށް ޚަރަދު ނުކުރެވޭ މީހާ އެހެން ކައިވެންޏެއް ކުރުމަކަށް ކުފޫ ހަމައެއް ނުވެއެވެ!: ޝައިޚް މުޙައްމަދު ޝާފިޢު

"އަނބި ދަރީންގެ މައްޗަށް ޚަރަދު ކުރުމަކީ ފިރިމީހާގެ މައްޗަށްވާ ވާޖިބެކެވެ. އަނބި ދަރީންގެ މައްޗަށް ޚަރަދު ނުކުރެވޭ މީހާ ޙަޤީޤަތުގައި އެހެން ކައިވެންޏެއް ކުރުމަކަށް ކުފޫ ހަމައެއް ނުވެއެވެ.

އެހެންކަމުން، ޚަރަދު ކުރުމުގެ ކުޅަދާނަކަން ލިބިފައިނުވާ މީހާ އިތުރު ކައިވެންޏެއް ނުކުރެވޭ ގޮތަށް ހަދާފައިވާ ޤަވާޢިދަކީ އެއީ އޭގައި މުޅި މުޖުތަމަޢުގެ އެތައް އަންހެނުންނާއި މަޢުޞޫމު އެތައް ކުދީންގެ މަޞްލަޙަތު ހިމެނިފައިވާ ރަނގަޅު ޤަވާޢިދެކެވެ.

ޚަރަދު ކުރުމުގެ ކުޅަދާނަކަން ލިބިފައިނުވާ މީހާއަށް ޙަޤީޤަތުގައި ކައިވެނި ވާޖިބު ނުވެސް ވާނެއެވެ. އެއްކައިވެނީގެ އަހުލުވެރިންނަށް ޚަރަދު ނުކުރެވޭ މީހާ އަނެއް ކައިވެނީގެ އަހުލުވެރިންނަށް ޚަރަދު ކުރާނީ ކިހިނެއް ހެއްޔެވެ؟"

--ޝައިޚް މުޙައްމަދު ޝާފިޢު

މިއަދު އޮންލައިން