ފިރިމީހާއަށް ކުފުރުވުމަކީ ކޮބައިކަމާއި ފިރިމީހާއަށް ކުފްރުވުމަކީ ނަރަކައަށް ވަންނަން ޖެހިދާނެ ކަމެއްކަން އެނގެނީ ކިތައް އަންހެނުންނަށްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ފިރިމީހާއަށް ކުފުރުވުމަކީ ކޮބައިކަމާއި ފިރިމީހާއަށް ކުފްރުވުމަކީ ނަރަކައަށް ވަންނަން ޖެހިދާނެ ކަމެއްކަން އެނގެނީ ކިތައް އަންހެނުންނަށްތަ؟

ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. "ތިމަންކަލޭގެފާނަށް ދެއްކެވުނެވެ. އެތަނުގެ ގިނަ އަހުލުވެރިންނަކީ އަންހެނުންނެވެ. އެކަނބަލުން ކުފުރުވެއެވެ."

ދެންނެވުނެވެ.

އެކަނބަލުން ﷲ އަށް ކުފުރުވީތޯއެވެ؟

ޙަދީޘްފުޅު ކުރެއްވެވިއެވެ. "ފިރިމީހާއަށް ކުފުރުވަނީއެވެ! އަދި އިޙްޞާންތެރިކަމަށް ކުފްރުވަނީއެވެ! ވީމާ އެކަނބަލުންގެ ތެރެއިން މީހަކަށް މުޅި ޢުމުރު އިޙްސާންތެރިވެފައިވަނިކޮށް ތިބާގެ ކިބައިން އެންމެ ކުށެއް ފެނުނު ނަމަވެސް ބުނާނެތެވެ. އަހަރެން ކަލޭގެ ކިބައިން ދުވަހަކުވެސް ހެޔޮކަމެއް ނުދެކެމެވެ!" (ޞަހީޙް ބުޚާރީ: 21)

މި ޙަދީޘްފުޅުގައި އޮތް ކުފުރުވުމުގެ މާނަ ބަޔާންކޮށްދެއްވައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ "ފިރިމީހާ ކޮށްދޭ ހެޔޮކަންތައް ބަލައި ނުގަތުން" ކަމަށެވެ. އަދި ފިރިމީހާއަށް ކުފްރުވުމަކީ ކޮބައިކަން ޙަދީޘްފުޅުގައި އެވަނީއެވެ. "އެކަނބަލުންގެ ތެރެއިން މީހަކަށް މުޅި ޢުމުރު އިޙްސާންތެރިވެފައިވަނިކޮށް ފިރިމީހާގެ ކިބައިން އެންމެ ކުށެއް ފެނުނު ނަމަވެސް "އަހަރެން ކަލޭގެ ކިބައިން ދުވަހަކުވެސް ހެޔޮކަމެއް ނުދެކެމެވެ!" ބުނާބުނުމެވެ.

މިއީ ހަމަ އަޅުގަނޑުމެންގެ ތެރޭގައިވެސް މަދުން ނަމަވެސް ގިނައިން ނަމަވެސް މެދުވެރިވަމުން އަންނަ ކަމެކެވެ. ހޭލުންތެރިވެ ރައްކައުތެރިވާން ޖެހިފައިވާ ކަމެކެވެ!

މިއަދު އޮންލައިން