ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ފިލައިގެން އުޅެނިކޮށް ހޯދާ ހައްޔަރުކޮށްފި!

ކިޔުމަށް ހޭދަވާނީ 36ސ
ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ފިލައިގެން އުޅެނިކޮށް ހޯދާ ހައްޔަރުކޮށްފި!

މެދު ރާއްޖެތެރޭގެ ރަށެއްގައި ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ފިލައިގެން އުޅެނިކޮށް ހޯދައި، ރޭގައި ހައްޔަރު ކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި އެމީހާ ހޯދާ، ހައްޔަރު ކޮށްފައިވަނީ މާލެއިންނެވެ، އަދި އެމީހާއަކީ އެކުދިންގެ ޅިޔަނެއް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން ބުނީ މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު މާލޭގައި އުމުރުން 12 އަހަރުގެ ކުއްޖަކާއި 9 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހްގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއަދު އޮންލައިން