ދެކަމެއްގައި މެނުވީ އެހެން މީހުންނާއި އެއްގޮތްވާން އެދުމެއް ނުވެއެވެ !!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ދެކަމެއްގައި މެނުވީ އެހެން މީހުންނާއި އެއްގޮތްވާން އެދުމެއް ނުވެއެވެ !!

 

މުސްލިމުން އެހެން މީހުންނާއި އެއްފަދަވުމަށް އެދެން ހުއްދަވެގެންވަނީ ހަމައެކަނި 2 ކަމެއްގައެވެ!

ޢަބްދުﷲ ބުން މަސްޢޫދު ރިވާކުރައްވަވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.

"ދެކަމެއްގައި މެނުވީ އެހެން މީހުންނާއި އެއްފަދަވާން އެދުމެއް ނުވެއެވެ.

--ﷲ ތަޢާލާ މުދައު ދެއްވަވާފައިވާ މީހަކު އެ މުދައު ޙައްޤު ގޮތުގައި ހޭދަކުރާނަމަ އެވެ.

-- އަދި ﷲ ތަޢާލާ ޙިކުމަތް (އެބަހީ ޢިލްމް) ދެއްވަވާފައިވާ މީހަކު އެ ބޭނުންކޮށްގެން މީހުންގެ މެދުގައި އެއާއި އެއްގޮތަށް ޙުކުމްކޮށް އެހެން މީހުންނަށް އުނގަންނައިދޭނަމަ (މި ދެކަން އެގޮތަށް ކަންކުރުމަށްޓަކައި ލިބުމަށް އެދެވިދާނެ) އެވެ." (ޞަޙީޙް ބުޚާރީ: 73)

ވިސްނައިލަންވީ މިއަދު އެހެން މީހުންނާއި އެއްގޮތްވާން މިއެދެވެނީ މި ދެ ކަމުގައި ކަމާއިމެދުގައެވެ. ނޫންނަމަ މި ދެ ކަމުގައި އެހެން މީހުންނާއި އެއްގޮތްވާން އެދޭ މީހަކު އެބަހުރި ހެއްޔެވެ؟

މިއަދު މިފެންނަނީ ކޮންމެވެސް މަޝްހޫރު މީހަކާއި ނުވަތަ އެނޫންވެސް އެފަދަ މީހަކާއި އެއްގޮތްވުމަށް އުޅެވޭތަނެވެ. ވީމާ ކޮންމެ މީހަކުވެސް މިފަދަ ޙދީޘްފުޅުތައް ދަސްކޮށް އަހުލުވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ފާހަގަކުރަމެވެ.

މުސްލިމުން ކޮޕީކުރަން މަސައްކަތްކުރަންވީ 2 މީހެކެވެ. އެކަކީ ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން އެ މުދައު ޙައްޤު ގޮތުގައި ހޭދަކުރާ މީހާއެވެ. ދެވަނަ މީހާއަކީ ﷲ ތަޢާލާ ޢިލްމް ދެއްވެވުމުން އެއިގެ ބޭނުންކޮށްގެން މީހުންގެ މެދުގައި އެއާއި އެއްގޮތަށް ޙުކުމްކޮށް އެހެން މީހުންނަށް އުނގަންނައިދޭ މީހާއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން