ދަރަނި އަދާކުރާއިރު އިތުރަށް ދެވެން އޮތްނަމަ ދޭށެވެ! ރަސޫލް (ޞޢވ) އެކަން ކުރެއްވެވިއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ދަރަނި އަދާކުރާއިރު އިތުރަށް ދެވެން އޮތްނަމަ ދޭށެވެ! ރަސޫލް (ޞޢވ) އެކަން ކުރެއްވެވިއެވެ!

ޖާބިރު ބިން ޢަބްދުﷲ (ރޢ) ރިވާކުރެއްވެވިއެވެ. "ތިމަންކަލޭގެފާނު ރަސޫލް (ޞޢވ)ގެ އަރިއަހަށް އެކަލޭގެފާނު މިސްކިތްކޮޅުގައި އިންނަވަނިކޮށް ދިއައީމެވެ. މިސްޢަރު ވިދާޅުވިއެވެ. ތިމަންނާއަށް ހީވާ ގޮތުގައި އެކަލޭގެފާނު ވިދާޅުވީ އެއީ ޟުޙާ  ވަގުތުގައި ކަމުގައެވެ. އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވެވިއެވެ. "ދެ ރަކްޢަތް ކުރާށެވެ!"

އަދި ތިމަން ކަލޭގެފާނަށް ރަސޫލް (ޞޢވ) އަދާކުރައްވަން ޖެހިވަޑައިގަންނަވާ ދަރަންޏެއް ވެއެވެ. ދެން އެކަލޭގެފާނު ތިމަން ކަލޭގެފާނަށް ދަރަނި އަދާކުރެއްވެވިއެވެ. އަދިތިމަންކަލޭގެފާނަށް އިތުރަށްވެސް ދެއްވެވިއެވެ." 

މިޙަދީޘްފުޅުން އެނގިގެން މިދަނީ ދަރަނި އަދާކުރާއިރު އެމީހަކަށް ކުޅަދާނަކަން ލިބިގެންވާނަމަ އިތުރަށް ދިނުމަކީ ސުންނަތުގައި ހިމެނޭ ކަމެއް ކަމެވެ. 

މީސްތަކުންނޭވެ! ދަރަންޏަށް ފަރުވާތެރިވާށެވެ! އެއީ ޤިޔާމަތް ދުވަހު އެމީހަކު އަމިއްލައަށް ފުއްދަން ޖެހޭނެ އެއްޗެކެވެ. ޝަހީދުންނަށް ވެސް ސުވަރުގެ ވަދެވަޑައިގެންނެވޭނީ ދަރަންޏެއް އޮތްނަމަ އެކަން އަދާކުރެއްވެވުމަށްފަހުގައެވެ. ވީމާ ކޮންމެ މީހަކުވެސް ދުނިޔޭގައި ހުރެ ދަރަނި އަދާކުރަން ގަދައަޅައި މަސައްކަތްކުރާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން