އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ފުރިހަމައަށް ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ލިބިގެންވާއިރުވެސް ބުނަން ބޭނުންވާ ބަސްތައް ނުބުނެވިގެން އުޅެން ޖެހެއެވެ. ދައްކަން ބޭނުންވާ ވާހަކަތައް ނުދެއްކިގެން އުޅެން ޖެހެއެވެ. އަދި ދައްކަން ބޭނުންވާ މުހިންމު ވާހަކަތައް އެކަމުގެ ވަގުތުގައި ހަނދާން ނެތިގެންވެސް ނުދެއްކި ދެއެވެ.
ވީމާ އެންމެންވެސް މިފަދަ ދުޢާތައް ކުރާށެވެ!

ވާހަކަ ދައްކާއިރު ދޫއޮޅުމާއި ދައްކަން ބޭނުންވާ މުހިންމު ވާހަކަތައް ހަނދާން ނެތުން ފަދަ ކަންކަން މެދުވަރިވާ ސަބަބުތަކުގައި ތެރޭގައި ތިމާގެ ހިތް ކިލަނބުވުން ހިމެނެއެވެ. ހިތަށް ޝައިޠާނާގެ ނުފޫޒު ފޯރުވާފައިވުން ވެސް ހިމެނެއެވެ.
ވީމާ މިފަދަ ހުރިހާ މައްސަލަތަކުން ސަލާމަތްވުމަށްޓަކައިވެސް ހިތް ސާޠޯހިރުކުރަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. އެކަން ހިންމަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަންވާނެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން