އެންމެންނަށް މާފްކުރުން ގިނަ ކުރުމަކީ ޤިޔާމަތް ދުވަހަށް ތައްޔާރުވާން ކުރެވޭނެ އެންމެ ހެޔޮކަންބޮޑު ޢަމަލެކެވެ! ﷲގެ އަމުރުފުޅެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
އެންމެންނަށް މާފްކުރުން ގިނަ ކުރުމަކީ ޤިޔާމަތް ދުވަހަށް ތައްޔާރުވާން ކުރެވޭނެ އެންމެ ހެޔޮކަންބޮޑު ޢަމަލެކެވެ! ﷲގެ އަމުރުފުޅެކެވެ!

"ތިމަންރަސްކަލާނގެ އުޑުތަކާއި، ބިމާއި، އެ ދެމެދުގައިވާހާ ތަކެއްޗެއް، ޙައްޤު ގޮތުގައި މެނުވީ ނަހައްދަވަމެވެ. އަދި ހަމަކަށަވަރުން، ޤިޔާމަތުގެ ވަގުތު އަންނާނެކަން ކަށަވަރެވެ. ފަހެ، ރިވެތިވެގެންވާ ގޮތުގައި ކަލޭގެފާނު މާފުކުރައްވާށެވެ!" (އަލްޙިކްރު: 85) 

މިއީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅެވެ. މިއާޔަތުގައި އެވަނީ މީސްތަކުންނަށް މާފުކުރުމަށް އަމުރުފުޅު ކުރައްވަވައިފައެވެ. ވަކީ މީހަކަށް ނޫނެވެ! ޢާންމުކޮށް އެންމެންނަށެވެ! 

ނަމަވެސް އަހަރެމެންގެ ތެރެއިން ބައެއް މީހުން މާފުކުރާއިރު ވެސް ބަލަނީ މާފުކުރެވޭ މީހާއަށެވެ! އެވިސްނުން އެ ހުންނަނީ މާފުކުރެވޭ މީހާގެ ސަބަބުން ތިމާއަށް ފައިދާއެއް ކޮށްފާނެ ކަމުގެ އެދުން ހިތުގައި އޮންނާތީއެވެ. އެގޮތަށް ނިޔަތް ބާއްވައިގެން މާފުކުރުމުން އަދި އެއީ ﷲ ތަޢާލާއަށްޓަކައި ކުރެވޭ ކަމަކަށް ނުވެއެވެ. 

ﷲ ތަޢާލާ އެކަމަށް އަމުރުފުޅުކުރައްވަވާފައިވާތީ، ﷲ ތަޢާލާ ގެ ރުހިވޮޑިގަތުން ހޯދަން ބޭނުންވެގެން މާފުކުރާނަމަ ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުމާއި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ތިމާއަށް ލިބުން ފިޔަވައި އިތުރު އެއްވެސް މަޤްޞަދެއް އޮވެގެން ނުވާނެއެވެ! ﷲ ތަޢާލާއަށް އިޚްލާޞްތެރިވުމަކީ އެއީ އެވެ. 

މިވާހަކަކޮޅާއިއެކުވެސް ކޮންމެ ރެއަކު އަވަހާރަފުޅު ލެއްޕުވުމުގެ ކުރިން ހުރިހާ އެންމެންނަށް މާފުކުރައްވަމުން ގެންދެވި ޞަހާބީއަކަށް އެކަމުގެ ސަބަބުން ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު، އެބޭކަލަކު ދިރިހުންނަވަނިކޮށް ރަސޫލް (ޞޢވ) ދެއްވެވިކަން ހަނދާންކޮށްދެމެވެ. ވީމާ އެންމެންނަށް މާފުކޮށް ހިތް ލުއިކޮށްގެން ކޮންމެ ރެއަކުވެސް ނިދާ މީހަކަށްވާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން