ނަމާދު ވަގުތުގަ ކުރުމަށްފަހު ދެން އޮތީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ!: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ނަމާދު ވަގުތުގަ ކުރުމަށްފަހު ދެން އޮތީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ!: ޙަދީޘް

"ﷲ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އަމަލަކާއިމެދު ސުވާލުކުރުން ޙަދީޘްފުޅުކުރެއްވެވީ ނަމާދު އެއިގެ ވަގުތުގައި ކުރުން ކަމަށެވެ؟ ދެން ކޮން އަމަލެއްތޯ ސުވާލުކުރުމުން ޙަދީޘްފުޅު ކުރެއްވެވީ މައިންބަފައިންނަށް ހެޔޮކޮށް ހިތުން ކަމަށެވެ. ދެން ކޮން އަމަލެއްތޯ ސުވާލުކުރުމުން ޙަދީޘްފުޅު ކުރެއްވެވީ ﷲ ގެ މަގުގައި ޖިހާދުކުރުން ކަމަށެވެ." (ޞަޙީޙް ބުޚާރީ: 527) 

މިޙަދީޘްފުޅަށް ބަލައިލާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ ނަމާދު، ނަމާދުގެ ވަގުތުގައި ކުރުން ކަމަށް ޙަދީޘްފުޅު ކުރެއްވެވުމަށް ދެވަނަ އަށް އެންމެ ލޮބުވެތިކަން ބޮޑު އަމަލުކަމުގައި ޙަދީޘްފުޅު ކުރައްވަވާފައި އެވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ. ﷲ ތަޢާލާގެ މަގުގައި ޖިހާދުކުރުން ޙަދީޘްފުޅު ކުރައްވަވާފައި އެވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ ފަހަތުންނެވެ. 

ނަމަވެސް މި ކަންކަމަށް ބައެއް މީހުން ދޭ ސަމާލުކަން ވަރަށް ކުޑަވަމުން އެބަދެއެވެ. ފަރުޟު ނަމާދުތައް ޖަމާޢަތުގައި ކުރި ނަމަވެސް މައިންބަފައިންގެ ޙާލު ވެސް ބަލައިނުލާ މީހުން ބައިވަރެވެ. އެހެން ނުހަދާށެވެ! މިފަދަ ޙަދީޘްފުޅުތަކުގެ ފައިދާ ލިބިގަންނާށެވެ! 

މައިންބަފައިންނަށް ޚިދުމަތްކުރުމުގެ ނަޞީބު ލިބެނީ ވެސް މަދު މީހަކަށެވެ. އެކަމުގެ ނަޞީބު ލިބުނު މީހާ އެކަމަސްޓަކައި ޝުކުރުވެރިވާންވާނެއެވެ! އެހެނީ އެއީ އެމީހަކު ސުވަރުގެ ދިއުމަށް ފަހިވެގެންދާ ވަރަށް ފަސޭހަ މަގަކަށްވުމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން