ތިބާ ނަމާދުކުރަނީ ނަމާދުން ވައްކަންކޮށް އެންމެ ނުބައި ވަގަކަށްވާން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ތިބާ ނަމާދުކުރަނީ ނަމާދުން ވައްކަންކޮށް އެންމެ ނުބައި ވަގަކަށްވާން ހެއްޔެވެ؟

ކޮންމެ މީހަކު ވެސް ނަމާދުކުރާނީ ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތަށް އެދިއެވެ. ނަމަވެސް ނުއެނގި ނަމަވެސް ނަމާދުގައި ޢަމަލުކުރެވޭ ގޮތުން އެމީހާއަކީ އެންމެ ނުބައި ވަގަކަށް ވެގެން އެބަ ދެއެވެ. މިއީ ކޮންފަދަ ނުބައިކަން ބޮޑު އަމަލެއް ހެއްޔެވެ؟

ޝައިޚް މުޙައްމަދު އަނީލްގެ މި ބަސްފުޅަށް ވިސްނާލައި ހޭލުންތެރިވަމާހެއްޔެވެ؟ 

"ނަމާދުގައި ރުކޫޢާ ސަޖިދަ ފުރިހަމަކުރާށެވެ! ފަހެ ވަގުންގެ ތެރެއިން އެންމެ ނުބައި ވަގުންނަކީ އެބައިމީހުންގެ ނަމާދުން ވައްކަންކުރާ މީހުން ކަމަށާއި، އެއީ އެމީހުންގެ ރުކޫޢާ ސަޖިދަ ފުރިހަމަ ނުކުރާ މީހުން ކަމަށް ޙަދީޘްގައި ބަޔާންވެގެންވެއެވެ." --ޝައިޚް މުޙައްމަދު އަނީލް 

ޝައިޚް އަނީލް ދެއްވާފައިވާ މި މެސެޖަކީ ވަރަށް މުހިންމު މެސެޖެއް ކަމުގައި ފާހަގަކުރެވެއެވެ. އެންމެ ކުޑަމިނުން ރުކޫޢު ކުރުމާއި ސަޖިދަ ކުރުމުގައި ހަށިގަނޑު ބާއްވަންޖެހޭ ގޮތަށާއި ޖައްސަން ޖެހޭ ގުނަވަންތައް ޖެއްސުމަށް ވެސް ގިނަ ބައަކު އެއްވެސް ސަމާލުކަމެއް ނުދޭތަން މިދަނީ ކޮންމެ ދުވަހަކު ފެންނަމުންނެވެ.

 

މިއަދު އޮންލައިން