ޖަމާޢަތުގަ ނަމާދުކުރަން ޖެހޭ ކަމާ ޤުރްއާނުގަ އޮތް މިންވަރަށް އައުރަ ނިވާކުރަން ޖެހޭކަން ޤަބޫލުކުރެއްވުމަށްފަހު ދީނީ ނަސޭޙަތް ދެއްވާ!: އަބޫ އިޔާޛް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ޖަމާޢަތުގަ ނަމާދުކުރަން ޖެހޭ ކަމާ ޤުރްއާނުގަ އޮތް މިންވަރަށް އައުރަ ނިވާކުރަން ޖެހޭކަން ޤަބޫލުކުރެއްވުމަށްފަހު ދީނީ ނަސޭޙަތް ދެއްވާ!: އަބޫ އިޔާޛް

"ބާލިޣްވުމަށްފަހު ފިރިހެނުންނަށް އެންމެ ފުރަތަމަ ކުރަން ޖެހޭ ޖަމާޢަތުގައި ނަމާދުކުރުމެވެ. ޖަމާޢަތުގައި ނަމާދު ނުކުރުމަށް ތިމާގެ އިއްޒަތާއި މަޤާމާއި ތަނަވަސްކަމުގެ ބޮޑުކަން އުޒުރެއްގެ ގޮތަކު ނުދެއްކޭނެއެވެ.

ފިރިހެނުންނަށް ކުރަން ޖެހޭ ކަމަކީ ބަންގި ގޮވުމުން ޖަމާޢަތަށް ގޮސް ޖަމާޢަތުގަނަމާދުކުރުމެވެ. މިއީ އިސްލާމް ދީނުގެ އެންމެ ބޮޑު އަސާސެވެ! ފަހަތުން އަންނަނީ އަނބިދަރިންގެ އަޢުރަ ނިވާކުރުމެވެ. ކީރިތި ޤުރްއާނުގެ ނޫރު ސޫރަތުގައި އޮތް މިންވަރަށް އަނބިދަރިންގެ އަޢުރަ ނިވާ ނުކުރުވައި ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތެވެ. އޮތް ކަމަށް ބުނާ ކޮންމެ މީހަކާއެކު ބަހުސްކުރަންތައްޔާރެވެ!

މިކަންކަމަށް ފައުޅުގައި ދެކޮޅު ހައްދަވައި އިންކާރުކުރައްވަމުން އަދި އެކަންކަން ނުކުރުމަށް މީސްތަކުންނަށް ހިތްވަރު ދިނުމުގެ ގޮތުން އެކަންކަން ތިމާ ނުކޮށް އެކަމުގެ ނަމޫނާ ދައްކަމުން ދީނުގެ ސުންނަތްތަކާއި އެނޫންވެސް ކަންކަމަށް އެއްވެސް މީހަކު ފާޑު ނުކިޔާށެވެ!

އަމިއްލަ އެދުން ކިތަންމެ ބޮޑު ނަމަވެސް ފިތުނައަށް ޖާގަ ނުދޭށެވެ! މާތް ﷲ އަށް ކިޔަމަންތެރިކަން އަދާ ނުކުރުމުގައި މީސްތަކުންނަށް ނަމޫނާ ދައްކަމުން ދީނީ ފަތުވާ ނުނެރުއްވާށެވެ! އިސްލާމް ދީނަކީ ހަމައެކަނި ފަތުވާ ނެރުމުގެ ދީނެއް ނޫނެވެ! ފަތުވާ ނެރުމުގެ ކުރިއަށް އޮތީ އިސްލާމް ދީނަށް ޢަމަލު ކުރުމެވެ!"

--އަބޫ ޢިޔާޛް (މިއަދުނޫހުގެ ކިޔުންތެރިއެއް)

މިއަދު އޮންލައިން