ދުޢާކުރާއިރު "އިނބަ ﷲ ރުހިވޮޑިގެންވާނަމަ" މިވެނި ކަމެއް މިންވަރުކޮށް ދެއްވެވުމަށް ނޭދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ދުޢާކުރާއިރު "އިނބަ ﷲ ރުހިވޮޑިގެންވާނަމަ" މިވެނި ކަމެއް މިންވަރުކޮށް ދެއްވެވުމަށް ނޭދޭށެވެ!

ބައެއް މީހުން ކަންކަމަށް އެދި ދުޢާކުރާއިރު "އިނބަ ﷲ ރުހިވޮޑިގެންވާނަމަ" މިވެނި ކަމެއް މިންވަރުކޮށް ދެއްވެވުމަށް އެދި ދުޢާކުރެއެވެ. ނަމަވެސް ދުޢާކުރަންވާނީ އެގޮތަކަށް ނޫނެވެ! ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ކަންކަމުގެ ތެރެއިން ތިމާ ބޭނުންވާ ކޮންމެ ކަމަކަށް އެދިވެސް ދުޢާކުރަންވީއެވެ! އެކަމަކަށް އެއްވެސް ހުރަހެއް ނެތެވެ. 

ކިތަންމެ ވަރަކަށް ދުޢާ ކުރިނަމަވެސް ﷲ ތައާލާ ހިންމަވައި ދެއްވަވާނީ އެމީހަކަށް ހިންމަވައި ދެއްވެވުމަށް އެކަލާނގެ ރުހިވޮޑިގަންނަވާ ކަންކަމެވެ. ވީމާ ދުޢާކުރާއިރު "އިނބަ ﷲ ރުހިވޮޑިގެންވާނަމަ" ބުނުމުން އިތުރު މާނަތަކެއް އެބަ ދޭހަވެއެވެ. 

ދުޢާކުރާއިރު ކޮންމެ މީހަކުވެސް ވަރަށް ސާބިތުވާންވާނެއެވެ! ދުޢާ މިކުރެވެނީ ހަމަ ޙަޤީޤަތުގައި ވެސް ތިމާ ބޭނުންވާ ކަމަކަށް އެދިގެންކަން ކަށަވަރުކުރަންވާނެއެވެ!

rrated Anas: Allah's Apostle said. 

"Whenever anyone of you invoke Allah for something he should be firm in his asking and he should not say: 'If You wish give me...' for none can compel Allah to do something against His Will." 

Volume 9. Book 93. Number 556

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން