ގޭތެރޭގަ ހަމަޖެހުން އޮތުމަށާ، ރިޒްޤް ތަނަވަސްވުން ފަދަ ކަންކަމަށް އެދޭ މީހާ ގެތައް މަޤްބަރާތަކަކަށް ނުހަދާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ގޭތެރޭގަ ހަމަޖެހުން އޮތުމަށާ، ރިޒްޤް ތަނަވަސްވުން ފަދަ ކަންކަމަށް އެދޭ މީހާ ގެތައް މަޤްބަރާތަކަކަށް ނުހަދާށެވެ!

ގޭތެރޭގައި ހަމަޖެހުން އުތުމާއި ރިޒްޤް ތަނަވަސްވުން ފަދަ ކަންކަމަށް ކޮންމެ މީހަކުވެސް އެދޭނެއެވެ. އެހެންކަމަށްވުމުން ގެތަކަކަކީ މަޤްބަރާތަކަކަށް ނުހަދާށެވެ! އެކަމަސް ކުރަން އޮތް ކަންތައް މިއޮތީ ޙަދީޘްފުޅުން ފެންނާށެވެ! 

"ނަމާދުގެ ބައެއް ތިއަބައިމީހުންގެ ގޭގޭގައި ކުރާހުށިކަމެވެ. އަދި އެތަނަކީ މަޤްބަރާއަކަށް ނުހަދާހުށިކަމެވެ." (ޞަޙީޙް ބުޚާރީ: 432) 

މި ޙަދީޘްފުޅުގައި ނަމާދުން ބައެއް ކަމަށް ޙަދީޘްފުޅު ކުރައްވަވާފައި އެވަނީ ސުންނަތް ނަމާދުތަކަށެވެ. ވީމާ ދުވާލުގެ ވަގުތުތަކުގައި ގޭތެރޭގެ ކަންތައްތައް ހުންނަގޮތުން ރަވާތިބު ސުންނަތް ފަދަ ސުންނަތް ނަމާދުތައް ގޭގައި ކުރެވެން ނެތް މީހާ އެންމެ ކުޑަމިނުން ދަމުނަމާދު ނަމަވެސް ގޭގައި ކުރާށެވެ! 

ބައެއް އުނދަގޫ ހުރި ނަމަވެސް ގޭގައި ސުންނަތް ނަމާދުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކަމުގެ ސަބަބުން ދަރިންނަށް އެންމެ ހަގު އުމުރުގައިވެސް މަންމަގެ އިތުރުން ބައްޕަ ވެސް ގޭގައި ނަމާދުކުރާތަން ފެނި އެއީ އެންމެން ކުރަން ޖެހޭ ކަމެއްކަން އެނގިގެންދާނެއެވެ. ނަމާދަށް ލޯބި އުފެދޭނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން