އެމީހަކު މަރުވުމުން ވީހާ ގިނަ ބައަކު ކަށުނަމާދާއި ޖަނާޒާގައި ބައިވެރތިވުމަށް އެދޭ މީހާ އެހެން މީހުންގެ ޖަނާޒާތަކުގަ ބައިވެރިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
އެމީހަކު މަރުވުމުން ވީހާ ގިނަ ބައަކު ކަށުނަމާދާއި ޖަނާޒާގައި ބައިވެރތިވުމަށް އެދޭ މީހާ އެހެން މީހުންގެ ޖަނާޒާތަކުގަ ބައިވެރިވާށެވެ!

ކޮންމެ މީހަކީވެސް މަރުވާނެ މީހެކެވެ. އަދި ކޮންމެ މީހަކީވެސް އެމީހަކު މަރުވުމުން އެމީހެއްގެ ކަށުނަމާދުގައި ވީހައި ގިނަ ބައަކު ބައިވެރިވުމަށް އެދޭނެ މީހެކެވެ. އެމީހެއްގެ މައްޗަށް ވީހައި ގިނަ ބައަކު ހެޔޮ ދުޢާކޮށްދިނުމަށް އެދޭނޭ މީހެކެވެ. 

ވީމާ ފުރަތަމަ ކަމަކަށް އެކަމުގައި އިޚްލާޞްތެރިވާންވީ އެމީހާއެވެ. އެމީހާ ދުނިޔޭގައި ހުރެ ވީހައި ގިނައިން ކަށުނަމާދާއި ޖަނާޒާތަކުގައި ބައިވެރިވާންވީއެވެ. މަރުވި މީހާގެ މައްޗަށް އިޚްލާޞްތެރިކަމާއިއެކު ދުޢާކުރަންވީއެވެ. 

މަރުވެފައިވާ މީހެއްގެ މައްޗަށް ހެޔޮދުޢާކުރާނަމަ އިޚްލށާޞްތެރިކަމާއިއެކު އެކަންކުރަން ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

Narrated Abu Hurayrah (RA):

The Prophet (pbuh) said: When you pray over the dead, make a sincere supplication for him.

(Abi Dawud) 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކަށުނަމާދެއްގައި ބައިވެރިވެއްޖެ ނަމަ އުހުދު ފަރުބަދަ އާއި އެއްވަރަށް ގިނަ ސަވާބު ދެއްވަވަތެވެ. އަދި ޖަނާޒާގައި ބައިވެރިވެއްޖެ ނަމަ ހަމަ އެހައިމެ ގިނަ ސަވާބު އިތުރަށް ދެއްވަވަތެވެ. ވީމާ ކަށުނަމާދާއި ޖަނާޒާގައި ބައިވެރިވުމުން ލިބިގެން އެދަނީ އުހުދު ފަރުބަދައިގެ 2 ފަރުބަދަހައި ގިން ސަވާބެވެ. 

މަރުވެފައިވަނީ ކޮން ފެންވަރެއްގެ، ކޮން ޤައުމެއްގެ މީހަކުކަން ބެލުމެއް ނެތެވެ. އޭނާއަކީ މުސްލިމަކު ކަމުގައިވާނަމަ ކަށުނަމާދާއި ޖަނާޒާގައި ބައިވެރިވާށެވެ! އެކަމުން ލިބެން އޮތް ގިނަގުނަ ސަވާބާއި ދަރުމަ ލިބިގަންނާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން