ގެއްލުނު ރޯދަތައް ޤަޟާކުރަން އަވަސްވެގަންނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ގެއްލުނު ރޯދަތައް ޤަޟާކުރަން އަވަސްވެގަންނާށެވެ!

ރަމަޟާން މަހުގެ ރޯދަ ގެއްލި ޤަޟާކުރަން ޖެހިފައިވާނަމަ އެކަން ކުރަން އަވަސްވެގަންނާށެވެ! ޤަޟާ ނުކުރެވެނީސް މަރުވެއްޖެ ނަމަ އެކަން ވާނީ ދަރަންޏަކަށެވެ. މީގެ އިތުރުން ކޮންމެ އަޅުކަމަކަށްވެސް މޮޅު އިތުރުވެގެންވަނީ އަވަސްވެގަތުމެވެ. 

ރޯދަ ޤަޟާ ކުރުން ފަސްކުރުމާއި ހަފްތާ ބަންދުގައި ރޯދަ ހިފުމާއި ބެހޭ ގޮތުން ޑރ. މުޙައްމަދު އިޔާޟް ވިދާޅުވެފައިވެފައިވެއެވެ. 

"އަނެއް ރަމަޟާން މަސް ފެށުމުގެ ކުރިން ކޮންމެ ދުވަހަކުވެސް ރޯދަ ހިފިދާނެއެވެ." އަދި "ވަގުތު ދަތިވެގެން ހުކުރު ނުވަތަ ހޮނިހިރެއްގައި ރޯދަ ހިފާނަމަ އެއިގެ ކުރިން ދުވަހެއް ނުވަތަ ފަހުން ދުވަހެއްގައި ރޯދަ ހިފަންވާނެއެވެ."

މާނައަކީ މިއަހަރުގެ ރަމްޟާން މަސް ފެށުމުގެ ކުރިން ކުރީ އަހަރުގެ ރޯދަތައް ޤަޟާކޮށް ނިންމައިފިނަމަ ފުދުނީއެވެ. 

މާނައަކީ ހުކުރު ދުވަހު ރޯދަ ހިފާނަމަ އެދުވަހާއި ގުޅުވައިގެން ބުރާސްފަތި ނުވަތަ ހޮނިހިރު ދުވަހު ރޯދަ ހިފުމެވެ. ހޮނިހިރު ދުވަހު ރޯދަ ހިފާނަމަ ގުޅުވައިގެން ހަމަ މިފަދައިން ރޯދަ ހިފުމެވެ. 

މޮޅު އިތުރުވެގެންވަނީ އެންމެ ފަހު ދުވަހަށް މަޑުނުކޮށް ވީހައި އަވަހަށް ރޯދަ ހިފުމެވެ. އެންމެ ފަހަށް މަޑުކޮށްގެން ހުއްޓައި ކަންކަން ދިމާވާނެ ގޮތެއް އެކަކަށްވެސް ނުއެނގޭނެތީއެވެ.

މިއަދު އޮންލައިން