ދެމަފިރިން އެކަކު އަނެކަކަށް އިތުބާރު ނުކުރާނަމަ ކައިވެނީގެ އެއްބަސްވުން އެވަނީ ބާޠިލުވެފަ!: ޝައިޚް ނޫމާން ޢަލީ ޚާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ދެމަފިރިން އެކަކު އަނެކަކަށް އިތުބާރު ނުކުރާނަމަ ކައިވެނީގެ އެއްބަސްވުން އެވަނީ ބާޠިލުވެފަ!: ޝައިޚް ނޫމާން ޢަލީ ޚާން

ކައިވެނި މިކިޔަނީ އެއްބަސްވުމަކަށެވެ. އެ އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ އެކަކު އަނެކަކަށް ކުރާ އިތުބާރެވެ. އެކަކު އަނެކަކަށް ލޯބިދިނުމާ ވަފާތެރިވުމެވެ. ވީމާ ދެމަފިރިން އެކަކު އަނެކަކަށް އިތުބާރު ނުކުރާ ހާލަތަށް ކަންކަން ހިނގައްޖެ ނަމަ އެވަނީ މިބުނި ހުރިހައި ކަންކަން ބާޠިލުވެ އުވި ގޮސްފައެވެ.  

އެހެންކަމުން އަހަރެން ބުނާނީ ދެމަފިރިން އެކަކު އަނެކަކަށް އިތުބާރު ނުކުރާ ޙާލަތަށް ކަންކަން ހިނގައްޖެ ނަމަ ކައިވެނީގެ މަޤްޞަދު އެވަނީ ގެއްލިފައިކަމަށެވެ. ކައިވެނި ކުރި މަޤްޞަދު އެވަނީ ގެއްލިފައިކަމަށެވެ. އެ ޙާލަތުގައި ކއަިވެނި އެވަނީ ނެތި ގޮސްފައި ކަމަށެވެ. ކއަިވެނީގެ އެއްބަސްވުން ބާޠިލުވުމުން ވާނެ ހުރިހާ ކަންކަން އެވަނީ ވެނިމިފައި ކަމަށެވެ.  

ކައިވެންޏަކީ ލޭގެ ގުޅުމެއް ނޫނެވެ. އެއީ ވެވޭ އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ މައިގަނޑު އަސާސަކީ އެކަކު އަނެކަކަށް އިތުބާރުކުރުމެވެ.  

އަނބިމީހާ ނަމަވެސް އަދި ފިރިމީހާ ނަމަވެސް އަނެކާ ދައްކާ ވާހަކަތަކަށް އިތުބާރު ނުކުރާނަމަ ކައިވެނިން ލިބެންވާ އެއްވެސް ފަލެއް އަދި ހިތްހަމަކެހުމެއްވެސް ނުލިބޭނެއެވެ. 

- ޝައިޚް ނޫމާން ޢަލީ ޚާންގެ ދަރުސަކުން

 

މިއަދު އޮންލައިން