ހިތްދަތިކަމަށްވެސް ހިތް އެދޭ ކަންކަމަށްވެސް ބަލިތަކަށްވެސް ޤުރްއާނުގަ ޝިފާ ވެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ހިތްދަތިކަމަށްވެސް ހިތް އެދޭ ކަންކަމަށްވެސް ބަލިތަކަށްވެސް ޤުރްއާނުގަ ޝިފާ ވެއެވެ!

ކީރިތި ޤުރްއާނަކީ ކޮންމެ ބަލިމަޑުކަމަކަށްވެސް އޮތް ޝިފާއެކެވެ. އެއީ ކީރިތި ޤުރްއާނުން އެނގެން އޮތް ކަމެކެވެ. ވީމާ އެއްވެސް ޝައްކެއް ކުރުމެއް ނެތެވެ. 

"ތިމަންރަސްކަލާނގެ ޤުރްއާނުން މުއުމިނުންނަށް ރަހްމަތާއި، ޝިފާ ކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ ޤުރްއާނުން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުށްޓެވެ." (އަލްއިސްރާ: 82) 

އިތުރަށް ޤަބޫލުކުރަންވީ ކީރިތި ޤުރްއާނަކީ ތިމާ ހިތް އެދޭ ކަންކަން ޙާޞިލުކުރަންވެސް އޮތް ފަސޭހަ މަގެއް ކަމެވެ. ހިތަށް އަނިޔާ ލިބެނީ ހެއްޔެވެ؟ ހިތް އެދޭ ކަމެއް ޙާޞިލު ނުކުރެވެނީ ހެއްޔެވެ؟ ހިތްދަތިކަމާއިވޭން ތަޙައްމަލްކުރަން ޖެހެނީ ހެއްޔެވެ؟ ކީރިތި ޤުރްއާނާއި ގުޅުން ބަދަހިކުރާށެވެ! 

މިއީ މުސްލިމުންގެ ގިނަ ބައަކު އަބަދުވެސް ތަޖުރިބާކުރަމުންދާ ކަންކަމެވެ. އެކަމުގެ ފައިދާ ލިބިގެންފައިވާ ކަންކަމެވެ. ނަމަވެސް މައްސަލައަކަށް ވެގެން މިއަދު މިއުޅެވެނީ މިކަންކަން ޤަބޫލު ނުކުރެވުމެވެ. ބަލައިގަންނަން އުނދަގޫވުމެވެ. މީގެ އިތުރުން މިކަން ހަނދާންކޮށްދިނުންވެސް މަދުވުމެވެ. 

ކީރިތި ޤުރްއާނުން ޝިފާ ނުލިބޭނެ އަދި ޙައްލު ނުކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އެކަމަށް ޔަޤީންކޮށްގެން ކިޔަވާ މީހާއަށް އެކަން ހިންމަވައިދެއްވަވާނެތެވެ! އިންޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން