ކޮންމެ ކަމެއް ކުރަން ދުންމާރި ފުމޭއިރު އެންމެ ބޮޑު ދުންމާރި ފުމެލެވޭ ދުވަހު ހުންނާނީ ކޮން ސައިޒެއްގަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކޮންމެ ކަމެއް ކުރަން ދުންމާރި ފުމޭއިރު އެންމެ ބޮޑު ދުންމާރި ފުމެލެވޭ ދުވަހު ހުންނާނީ ކޮން ސައިޒެއްގަ؟

ދުންމާރި ފުމެ އުފާކޮށް ލަވަކިޔައި އަތް ޖަހައި ނަށައި ހެދުމަކީ މިއަދު މީސްތަކުން އެއްވެ ކުރާ އެތައް ކަމެއްގައި ކުރަމުން ގެންދާ ކަންކަމެވެ. ދުންމާރިއާއި ނުލައި ކުރެވޭ އެއްވެސް ކަމެއް އޮންނަ ކަމަކަށް ނުވެއެވެ. 

ކުޅިވަރުތަކުގެ ތެރެއިން ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ކުޅިވަރެއް ކުޅުނުކަމުގައިވީނަމަވެސް އިބްލީސް ތަޢާރަފްކޮށްދިން ދުންމާރިން އިބިލީހަށް އޮނުފުމެނުދީ ކުޅެވޭ ކަމަކަށް ނުހަދައެވެ. މުޝްރިކުން ކުރާ ކޮންމެ ކަމެއް ކުރުމުގެ ނުބައި އާދަ މިވަނީ އެވަރަށް މުސްލިމުންގެ ތެރެއަށް ވައްދައިފައެވެ. 

މިއަދު ދުންމާރިތައް ފުމެބަލާށެވެ! އިބިލީސް އުފާކޮށްދީ އެކަމުން އުފާލިބިގަނެބަލާށެވެ! ހަމައެކަނި ކޮށްލަން ޖެހޭ ކަމަކީ އެންމެ ބޮޑު ދުންމާރި ފުމެލެވޭނެކަން ޤަބޫލުކުރުމެވެ. 

އެދުންމާރި ފުމެލައްވަވާނީ ﷲ ތަޢާލާގެ އަމުރުފުޅަށް އިސްރާފީލްގެފާނެވެ. އެދުންމާރީގެ އަޑާއިއެކު ﷲ ތަޢާލާގެ ޙަޟްރަތަށް ޙާޒިރުވާ ދުވަހު ތިބާ މިއަދު ތިއަ ދުންމާރި ފުންމައިދޭ އިބިލީހަށްވެސް ހުންނަން ޖެހޭނީ އެއްވެސް ބާރެއް ނެތި ވަރަށް ރަނގަޅަށް ސައިޒުވެގެންނެވެ. ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟ 

ބިރުވެތިވާށެވެ! ދުންމާރިތައް ދޫކޮށްލާށެވެ! ބޮޑު ދުންމާރީގެ އަޑަށް އިޖާބް ދޭން ޖެހޭ ދުވަހު ތިބާ ސައިޒުގައި ހުންނަން އެދޭނަމަ ތާޅަފިލިން 5 އިވެމުންދާ ބަންގީގެ އަޑަށް ފުރިހަމައަށް އިޖާބަދޭ މީހަކަށްވާށެވެ! އެންމެ މަދުވެގެން ވެސް ކޮންމެ ދުވަހަކު އަދާކުރަންޖެހޭ ފަރުޟު 17 ރަކްޢަތް އަދާކުރުންމަތީގައި ސާބިތުވެ ހުންނާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން