އިސްލާމް ދީނާ ދެކޮޅު ޤަރާރުތަކުގަ ސޮއިކުރާ/ ޢަމަލުކުރާ މީހުންނަކީ ރަސޫލް (ޞޢވ) ގެ އުންމަތުގެ މީހުންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
އިސްލާމް ދީނާ ދެކޮޅު ޤަރާރުތަކުގަ ސޮއިކުރާ/ ޢަމަލުކުރާ މީހުންނަކީ ރަސޫލް (ޞޢވ) ގެ އުންމަތުގެ މީހުންތަ؟

ދުނިޔޭގެ ރުހުން ހޯދަން ބޭނުންވެގެން އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފް ޤަރާރުތަކުގައި ސޮއިކުރާ އަދި އެފަދަ ޤަރާރުތަކަށް އަމަލުކުރާ މީހުންނަކީ ރަސޫލް (ޞޢވ) ގެ އުންމަތުގެ މީހުން ކަމާއިމެދު އަހަރެން ސުވާލު އުފައްދަމެވެ. 

އެހެނީ ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ މުޝްރިކުން ހަނދު ގެނެސް އިތުރު އެކަލޭގެފާނުގެ އަތްޕުޅު މައްޗަށް ލައިދިން ކަމުގައިވީނަމަވެސް އިސްލާމް ދީން މަތިވެރިކުރެއްވެވުމަށް މަސައްކަކަތްޕުޅު ކުރެއްވެވަޑައިގަންނަވާނެ ކަމަށެވެ. އިސްލާމް ދީނަށް ނަޞްރު ލިބެންދެން ނުވަތަ ފުރާނަފުޅު ހަށިކޮޅުން ބޭރުވަންދެން އެ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށެވެވެ. 

މާނައަކީ ﷲ ތަޢާލާ ބާވައިލެއްވެވި ގޮތް ނޫން އެހެން އެއްވެސް ގޮތެއް ޤަބޫލުފުޅު ނުކުރައްވަވާނެ ކަމެވެ. ﷲ ތަޢާލާގެ ޙުކުމްފުޅު ނޫން އެހެން އެއްވެސް ޙުކުމެއް ޤަބޫލުފުޅު ނުކުރައްވަވާނެ ކަމެވެ. 

އަހަރެމެން އެންމެންނަކީ ހަމަ މިމޭރުމުން ޙަދީޘްފުޅު ކުރެއްވެވި ރަސޫލް (ޞޢވ)ގެ އުންމަތުގެ މީހުންނެވެ. ނަމަވެސް ފެންނަމުން މިދަނީ މުސްލިމް ޤައުމުތަކުގެ ވެރިން އދ އިން އުފއްދާ އިސްލާމް ދީނާއި ޚިލާފް ޤަރާރުތަކުގައި ސޮއިކުރަމުން ގެންދާތަނެވެ. އެ ޤަރާރުތައް މުސްލިމް ޤަުމުތަކުގައި ތަންފީޒުވެސް ކުރަމުން ގެންދާތަނެވެ! އެމީހުންނަކީ ހަމަ ރަސޫލް (ޞޢވ)ގެ އުންމަތުގެ މީހުން ކަމާއިމެދު ސުވާލު މި އުފައްދަނީ ހަމަ އެހެންވެގެންނެވެ! 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ވެރިން ކުރި ނަމަވެސް އިސްލާމް ދީނާއި ޚިލާފް އަމުރު ވާނީ ހަމަ ބާޠިލް އަމުރަށެވެ! އެފަދަ ކޮންމެ ޤާނޫނަކީ ބާޠިލް ޤާނޫނެކެވެ. އެފަދަ ޤާނޫނުތަކުގެ ދަށުން ކުރާ ޙުކުމަކީވެސް ހަމަ ބާޠިލު ޙުކުމެވެ! އަމަލުން ދެކޮޅު ހެދެން ނެތް ނަމަވެސް ހިތުން ދެކޮޅު ހަދަމުން ގެންދާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވެ ކިޔަމަންތެރިވުމަކީ ހަމަ އެއީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން