ރޯގާތަކާއި ބަލިމަޑުކަމުން ސަލާމަތްކޮށްދެއްވަވައި ޢާފިޔަތު ދެއްވެވުމަށް އެދި ދުޢާކުރާއިރު ކޮންމެ މައަކުވެސް އަދި ބަފައަކުވެސް އެމީހުންގެ ދަރިން ވެސް ހިމަނައިގެން ދުޢާކުރާށެވެ! އަދި ދަރިން ލައްވައިވެސް ދުޢާ ކުރުވާށެވެ! ދުޢާކުރާއިރު ދަރިން ބައިވެރިކުރުވާށެވެ! އެކުދިން ލައްވައި "އާމީން" ކިޔުއްވާށެވެ!
"ޔާ ﷲ! މި ފެތުރޭ ބަލިމަޑުކަމުން އަޅަމެން ސަލާމަތްކުރައްވަވާނދޭވެ! އަދި އަޅަމެންނާ އަޅަމެންގެ ދަރިންނަށް ފުރިހަމަ ޞިއްޙަތާ ޢާފިޔަތު ދެއްވަވާނދޭވެ!" އާމީން --ޝައިޚް ޢަލީ ޒައިދު
މިފަދަ ޢިބާރާތްތަކުން ދުޢާތައް ކުރާށެވެ! ދަރިން ލައްވައި ދުޢާ ކުރުވައި ދުޢާ ކުރުމުގެ އާދަ އަށަގެންނެވުމަކީ ދަރިންގެ ހިތްތަކުގައި މާތް ﷲ އަށް ލޯބި އިތުރުވާނެ ކަމެކެވެ. ކަންކަން ހިންމަވައި ދެއްވަވަނީ މާތް ﷲ ކަން ޤަބޫލުކުރަން ފަސޭހަވެ އެކަމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.