މާގިނަ ކަންކަން މާމޮޅަށް އެނގޭ ކަމަށް ބުނަނީ ހަމަ އެއްވެސް ކަމެއް ނުއެނގޭތީ ކަމުގެ ހެކި މިއޮތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
މާގިނަ ކަންކަން މާމޮޅަށް އެނގޭ ކަމަށް ބުނަނީ ހަމަ އެއްވެސް ކަމެއް ނުއެނގޭތީ ކަމުގެ ހެކި މިއޮތީ!

ބައެއް މީހުން ބުނާ ގޮތުން އެމީހުންނަސް ހުރިހާ ކަމެއްވެސް ވަރަށް މޮޅަށް އެނގެއެވެ. އެމީހުންނަށް ނުއެނގޭ އެއްވެސް ކަމެއް އޮންނަ ކަމަކަށްވެސް ނުވެއެވެ. ނަމަވެސް ކަމުގެ ޙަޤީޤަތަކީ އަހަރެމެންނަކީ މާ ބޮޑަށް ކަންކަން އެނގޭ ބައަކަށް ހެދިގެން އުޅޭއިރު އަހަރެމެންނަށް ފައިދާހުރި ގޮތް ވެސް އަހަރެމެންނަށް ނުއެނގޭ ކަމެވެ. 

އެކަން އެނގިގެން ﷲ ތަޢާލާގެ މި ވަޙީ ބަސްފުޅުންނެވެ! 

"--އަދި ތިއަބައިމީހުން ނުރުހޭ ކަމެއް އެއީ ތިއަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިއަބައިމީހުން ރުހޭ ކަމެއް، އެއީ ތިއަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި ﷲ ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިއަބައިމީހުންނަކަށް ނޭނގެއެވެ." ( އަލްބަޤަރާ: 216) 

ވީމާ ތިމާއަކީ މާމޮޅަށް ކަންކަން އެނގޭ މީހެއްކަމުގެ ދައުވާ ނުކުރާށެވެ! ޚާއްޞަކޮށް އިސްލާމް ދީނުގައިވާ ގޮތްތަކަށްވުރެ ފުރިހަމައަށް ކަންކަން އެނގޭކަމަށް ހެދެން ނުއުޅޭށެވެ! އެފަދަ ގޮތްގޮތަށް އުޅޭ މީހުންނަކީ ޙަޤީޤަތުގައި ހަމަ އެއްވެސް ކަމެއް ނުއެނގޭ މީހުންނެވެ. އެހެނީ އެންމެ ކުޑަމިނުން އެމީހުން އެގޮތަށް އެބުނަނީ މިއާޔަތް ކީރިތި ޤުރްއާނުގައި އޮތްކަންވެސް ނުއެނގޭތީއެވެ! ދެން އެމީހަކަށް އެނގޭނީ ކޮން ކަމެއް ހެއްޔެވެ؟  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން