ޗައިނާގަ މަޑުކުރަން ބޭނުންވާ ހުރިހާ ބިދޭސީންނަށް ރައްކާތެރިކަން ދޭނެ!: ޗައިނާ ސަފީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ޗައިނާގަ މަޑުކުރަން ބޭނުންވާ ހުރިހާ ބިދޭސީންނަށް ރައްކާތެރިކަން ދޭނެ!: ޗައިނާ ސަފީރު

ޗައިނާގައި މަޑުކުރަން ބޭނުންވާ ހުރިހާ ޤައުމުތަކުގެ މީހުންނަށް ވެސް ޞިއްހީ ގޮތުންނާއި އެހެންވެސް ގޮތްގޮތުން ފޯރުކޮށްދެވެންހުރި ހުރިހާ ރައްކައުތެރިކަމެއް ޗައިނާއިން ފޯރުކޮށްދޭނެ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޒާންގ ލިޒޯންގ ވިދާޅުވެއްޖެއެވެ. 

ސަފީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޗައިނާގައި ހުންނަ ދިވެހި އެމްބަސެޑަރު ޢަޒީމާ އާއި ގުޅުއްވައި އެމްބަސީގެ ހުރިހާ މުވައްޒިފުންގެ ޙާލު ބައްލަވާފައިވާ ކަމަށާއި އެބޭފުޅުން ތިއްބެވީ ހެޔޮ ޙާލުިގައި ކަމަށެވެ. 

މީގެ އިތުރުން ޗައިނާގައި މަޑުކުރަން ބޭނުންވާ ހުރިހާ ދިވެހިންނަށް ވެސް ރައްކައުތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އެމީހުންގެ ކަންކަން ޗައިނާއިން ބަލަހައްޓާނެ ކަމަށް ވެސް ސަފީރު ވަނީ ވިދާޅުވެފައެވެ. 

މިއަދު އޮންލައިން