ޗައިނާގަ ކޮރޯނާ ވައިރަސް ބަލީގަ މަރުވި މީހުންގެ އަދަދު 259 އަށް! ބަލިޖެހިފައިވާ މީހުންގެ އަދަދު 11791 އަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ޗައިނާގަ ކޮރޯނާ ވައިރަސް ބަލީގަ މަރުވި މީހުންގެ އަދަދު 259 އަށް! ބަލިޖެހިފައިވާ މީހުންގެ އަދަދު 11791 އަށް!

ޗައިނާގައި ކޮރޯނާ ވައިރަސް ބަލީގައި މަރުވި މީހުންގެ އަދަދު ހުކުރު ދުވަހުގެ ނިޔަލަށް  259 އަށް އަރާފައިވާއިރު ބަލިޖެހިފައިވާ މީހުންގެ އަދަދު ވަނީ 11791 އަށް އިތުރުވެފައެވެ. 

ޒިންހުއާ ނިޔުސް އެޖެންސީން ބުނެފައިވަނީ ބަލިޖެހުނު މީހުންގެ ތެރެއިން 72 މީހަކު ބަލި ފަސޭހަވެގެން ހުކުރު ދުވަހު ހޮސްޕިޓަލުން ދޫކޮށްލެވުނު ކަމަށެވެ. އަދި 118،478 މީހަކު މޮނިޓަރކޮށް ބަލަހައްޓަމުން ގެންދާ ކަމަށެވެ. ބަލަހައްޓާ މީހުންގެ ތެރެއިން 6509 މީހަކު ދޫކޮށްލެވިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ބައްޔާއި ގުޅިގެން ބަލިން ސަލާމަތްވުމަށް ކުރަން ޖެހޭ މަސައްކަތްތައް އެއްވެސް އިމެއް ނެތި ކުރިއަށް ގެންދަން ރައީސް ޒީ ޖިންޕިން ވަނީ  އަމުރުކުރައްވައިފައެވެ.

މިއަދު އޮންލައިން